ރާއްޖޭގެ ޚަބަރު އަފްރާޝީމްގެ މަރުގެ މައްސަލާގައި ޝާންގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

އަފްރާޝީމްގެ މަރުގެ މައްސަލާގައި ޝާންގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

އަފްރާޝީމްގެ މަރުގެ މައްސަލާގައި ޝާންގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

Dhiislam_Police_09090

ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ އިއްޒަތްތެރި މެންބަރު ޑރ. އަފްރާޝީމް އަލީ މަރާލި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

އަފްރާޝީމްގެ މަރާ ގުޅިގެން ޝާންގެ އިތުރުން ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ. ނަމަވެސް ޝަރީއަތުގައި ހުމާމް ވަނީ އެނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރުކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައި ވާގޮތުގައި އަފްރާޝީމް މަރާލާފައި ވަނީ ސިޔާސީ މަގުޞަދެއްގައި ކަމަށާއި އެކަން ކުރުވާފައި ވަނީ ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަމަށެވެ. އަދި ހުމާމާއި ޝާނަކީ އަފްރާޝީމަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި ދެ މީހުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.