ރާއްޖޭގެ ޚަބަރު ނޫސްވެރިންނަަށް ދިން ހަމަލާ، ތަހުގީގު ކުރާނެ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެ

ނޫސްވެރިންނަަށް ދިން ހަމަލާ، ތަހުގީގު ކުރާނެ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެ

ނޫސްވެރިންނަަށް ދިން ހަމަލާ، ތަހުގީގު ކުރާނެ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ހޯމް މިނިސްޓަރ މުޙައްމަދު ޖަމީލު

ހޯމް މިނިސްޓަރ މުޙައްމަދު ޖަމީލު

ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ރާއްޖެ ޓީވީގެ ނިއުސް ހެޑް އިބްރާހިމް ވަހީދު (އަސްވާޑު) އަށް ރޭ ދިން ހަމަލާ، ތަހުގީގު ކުރާނެ ކަމަށް ހޯމް މިނިސްޓަރު މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ޑރ. ޖަމީލު އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ އެންމެ މުހިއްމު މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ފާރަވެރިވާ ހަމައެކަނި ފަރާތް ކަމުގައިވާ މީޑިއާއަށް ހިމާޔަތް ދިނުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށާ ފާޅުކުރާ ހިޔާލެއްގެ ސަބަބުން މީޑިއާގެ އަޑު ނިއްވާލުމަކީ ޑިމޮކްރަސީއަށް ވެސް ދޭ ވަރަށް ބޮޑު ހަމަލާއެއް ކަމަށެވެ.

މީގެ އިތުރުން ޑރ. ޖަމީލު ވިދާޅުވީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހިޔާލުތަފާތު ވެފައިވާ މި ދަނޑިވަޅުގައި ނޫސްވެރިންނަށް ދޭ މި ފަދަ ހަމަލާތައް ހުއްޓުވޭނީ މީޑިއާ އާއި އެ ފަރާތްތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިވެގެން ކަމަށެވެ. އަދި ބައެއްގެ ހިޔާލާއި ފިކުރަކާ މީޑިއާއިން ތަފާތު ވި ނަމަވެސް ނޫސްވެރިންނަށް ހަމަލަދީ ގެއްލުން ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.