ރާއްޖޭގެ ޚަބަރު ނޫސްވެރީނަށް ދިން ހަމަލާ މީޑިއާ ކައުންސިލާއި މޯލްޑިވްސް ބުރޯޑްކާސްޓިން ކޮމިޝަން އަދި އެމްޖޭއޭއިން ކުށްވެރިކޮށްފި

ނޫސްވެރީނަށް ދިން ހަމަލާ މީޑިއާ ކައުންސިލާއި މޯލްޑިވްސް ބުރޯޑްކާސްޓިން ކޮމިޝަން އަދި އެމްޖޭއޭއިން ކުށްވެރިކޮށްފި

ނޫސްވެރީނަށް ދިން ހަމަލާ މީޑިއާ ކައުންސިލާއި މޯލްޑިވްސް ބުރޯޑްކާސްޓިން ކޮމިޝަން އަދި އެމްޖޭއޭއިން ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް ވަހީދު (އަސްވާޑު)

ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް ވަހީދު (އަސްވާޑު)

ނޫސްވެރީނަށް ދިން ހަމަލާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބުރޯޑްކާސްޓިން ކޮމިޝަނުގެ އިތުރުން ނޫސްވެރީންގެ ހައްގުގައި މަސައްކަތްކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ބުރޯޑްކާސްޓިން ކޮމިޝަނުން ބުނެފައި ވަނީ ޓީވީއެމް އާއި ރާއްޖެ ޓީވީގައި މަސައްކަތްކުރާ ނޫސްވެރިންތަކަކަށް ބަޔަކު ރޭ ދަންވަރު ހަމަލާ ދީ ރާއްޖެޓީވީގެ ނޫސްވެރިޔާ ވަރަށް ބޮޑަށް ޒަހަމްކޮށްލުން އެ ކޮމިޝަނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާ އެއީ ނޫސްވެރިންނަށް ބިރު ދައްކައި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ދިން ވަރަށް ފިނޑި އެހާމެ ދަށުދަރަޖައިގެ އަމަލެއް ކަމުގައި އެ ކޮމިޝަނުން ދެކޭކަމަށެވެ.

މީގެ އިތުރުން އެ ހަމަލާ ދިން ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި ނޫސްވެރިންނަށާއި ބްރޯޑްކާސްޓިން ސްޓޭޝަންތަކަށް އެކަށީގެންވާ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ގޮވާލާކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން މީޑިއާ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނޫސްވެރިނަށް ދޭ ހަމަލާތައް ހައްދުން ނެއްޓި ނޫސްވެރިންގެ ފުރާނަޔަށް ނުރައްކާ ވާ ފަދަ ހިސާބަކަށް ކަންކަން ދިއުމަކީ އެ ކައުންސިލްއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދި ހަމަ މިއާއެކު ރާއްޖެޓީވީގެ ނޫސްވެރިއަކަށާއި އެމްބީސީގެ ދެ ނޫސްވެރިއަކަށް ނުރައްކާތެރި ހަމަލާތައް ދިން ފަރާތްތައް ހޯދުމަށް ފަހު އެމީހުންގެ ތަހުގީގު ވީ އެންމެ އަވަހަކަށް ނިންމުމަށް ކުރެވޭން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ފުލުހުންގެ ކިބައިން މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ އެދިވަޑައި ގެންފައެވެ.

އެމްޖޭ އިން ބުނެފައިވަނީ ސޯޝަލް މީޑިއާތަކުގައި ނޫސްވެރިނަށް އިންޒާރު ދީފައިވަނިކޮށް އެހަމަލާތައް ދީފައިވާ ކަމަށާއި އެއީ ސީދާ ނޫސްވެރިންނަށް ޓާގެޓްކޮށްގެން ދިން ހަމަލާއެއްކަމަށް އެ ޖަމިއްޔާއިން ގަބޫލް ކުރާ ކަމަށެވެ. އަދި ނޫސްވެރިންނަށް އަމާޒުކޮށް ދެވޭ ކޮންމެ ހަމަލާއަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް ދެވޭ ހަމަލާތަކެއް ކަމަށް އެޖަމްއިއްޔާ އިން ދެކި އެކަން ކުށްވެރި ކުރާކަމަށެވެ.

ކުރީގެ ރައީސް ނަޝީދުގެ ހިމާޔަތުގައި އެމްޑީޕީއިން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭގެ މުޒާހަރާގައި އެންމެ ފުރަތަމަ ނޫސްވެރިންނަށް ހަމަލާ އަމާޒުވީ އެމްޑީޕީން ސޯސަން މަގުގައި ކުރި މުޒާހަރާގެ ތެރެއިންނެވެ. އެ ސަރަހައްދުން ތިނަރު އަޅާފައިވާ ޕެކެޓެއް ނޫސްވެރިންގެ ގަޔަށް ޖެހިތަން ދިއިސްލާމްގެ ރިޕޯޓަރަކަށް ވަނީ ފެނިފައެވެ.

ތިނަރު އަޅާފައިވާ ޕެކެޓަކުން ހަމަލާ ދިނުމުން ދެ ނޫސްވެރިއަކަށް ވެސް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދީފައިވެ އެވެ. އެ ހަމަލާ އަމާޒުވީ މޯލްޑިވްސް ބްރޯޓްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ދަށުން ހިންގާ ޓީވީއެމްގެ ޑެޕިއުޓީ އެޑިޓަރު އައިޝަތު ލީޒާއި ނޫސްވެރިޔާ އައިމިނަތު ސާނީ އަށެވެ.

ދެ ވަނަ ހަމަލާ އަމާޒުވީ ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް ވަހީދު (އަސްވާޑު) އަށެވެ. އެނާއަށް ހަމަލާދީފައި ވަނީ އާޓްފިޝަލް ބީޗު ސަރަހައްދު ބޮޑުތަކުރުފާނު މަގުން ސައިކަލެއްގައި ދަނިކޮށެވެ. އިބްރާހިމް ވަހީދުގެ ބޮލުގައި ދަގަނޑު ބުރިއަކުން ޖަހައި ބޯ ފަޅާލާފައިވާ ކަމަށް ރާއްޖެ ޓީވީގެ ސީއީއޯ އަބްދުﷲ ޔާމިން ވިދާޅުވިއެވެ. އެހަމަލާއާ ގުޅިގެން އޭޑީކޭގައި އޭނާއަށް ފަރުވާދިނުމަށް ފަހު ސީރިޔަސް ހާލެއްގައި އޮތުމުން އޭނާ ވަނީ މިއަދު ހެދުނު ލަންކާ އަށް ގެންގޮސްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.