ﷲގެ ހުކުމް ތަންފީޒް ކުރުމާމެދު ޚިޔާލު ހޯދިނަމަވެސް މުއުމިނުން ހައްޤަށް ނަސްރު ދިނުމަށް ބަސް ބުނަން ޖެހޭނެ ކަމަށް އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލް މަޖިލީހުން ދިރާސާކޮށް އެ ބިލް އާންމުންގެ ޚިޔާލަށް، ރައްޔިތުންގެ މަޖްލީހުން ހުޅުވާލުމާއި ގުޅިގެން ދިއިސްލާމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝެއިޚް ޝަމީމް ވިދާޅުވީ "ﷲގެ ހުކުމް ތަންފީޒް ކުރުމާމެދު ޚިޔާލު ހޯދިނަމަވެސް މުއުމިނުން ހައްޤަށް ނަސްރު ދިނުމަށް ބަސް ބުނަން ޖެހޭނެކަމަށާއި ﷲގެ ހުކުމް ތަންފީޒް ކުރުމަށް ޤާނޫނެއް އޮތުން އެއީ މައްސަލައެއް ނޫން" ކަމަށެވެ. އަދި "ބަޔަކު އެ ހުކުމް ތަންފީޒް ކުރުމަށް ޤާނޫނެއް ހަދާފައި އޮތްއިރު އެ ޤާނޫނަށް ޚިޔާލު ފާޅުކުރެވިދާނެ" ކަމަށް ވެސް ޝެއިޚް ޝަމީމް ވިދާޅުވިއެވެ.
މީގެ 7 އަހަރު ކުރިން ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޤާނޫނުލް އުޤާބާތުގެ ބިލް ދިރާސާ ކުރުމަށް ފަހު މަޖިލީހުން އާންމުކޮށްފައިވާއިރު، އެ ބިލުގައި މަރުގެ އަދަބު ލުއިކުރާނެ އުސޫލުތަކާއި އެންމެ ދިގު މުއްދަތަށް ޖަލުގައި ހުކުމް ތަންފީޒު ކުރެވޭނީ 11 އަހަރު ކަމަށް ބަޔާންކޮށްފައި ވެއެވެ. މިގޮތުން އެ ބިލުގައި މަރުގެ އަދަބާ ބެހޭ ގޮތުން ބުނެފައި ވަނީ އެނގި ހުރެ، މީހަކު މަރައިފި މީހާ އެ ކުރަނީ ކުށެއް ކަމަށާ އަދި ފަރުވާލެއް ނެތި ކުރާ އަމަލަކުން މީހަކު މަރުވުމަކީ ޖިނާއަތުގެ ސުން (0) ދަރަޖައިގެ ކުށެއް ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...