ރާއްޖޭގެ ޚަބަރު ﷲގެ ޙުކުމްތަކާމެދު ގޮތްކިޔައި ހަދަމުންދާތީ އެކަން ކުށްވެރިކޮށް ތަންފީޒް ހަރަކާތުން ނޫސްބަޔާނެއް ނެރެފި

ﷲގެ ޙުކުމްތަކާމެދު ގޮތްކިޔައި ހަދަމުންދާތީ އެކަން ކުށްވެރިކޮށް ތަންފީޒް ހަރަކާތުން ނޫސްބަޔާނެއް ނެރެފި

ﷲގެ ޙުކުމްތަކާމެދު ގޮތްކިޔައި ހަދަމުންދާތީ އެކަން ކުށްވެރިކޮށް ތަންފީޒް ހަރަކާތުން ނޫސްބަޔާނެއް ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

logo high quality (1)

ﷲ ގެ ޙުކުމްފުޅުތައް އެނގިތިބެ ބަދަލުކޮށް ވަޟުޢީ ޤާނޫނުތައް ހަދައި ﷲގެ ޙުކުމްތަކާމެދު ގޮތްކިޔައި ހަދަމުންދާތީ އެކަން ކުށްވެރިކޮށް ތަންފީޒް ހަރަކާތުން ނޫސްބަޔާނެއް ނެރެފިއެވެ.

މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި މަރުގެ މައްސަލާގައި ﷲ ޞުބްޙާނަޙޫ ވަތަޢާލާ އެންގެވި ގޮތާއި ޚިލާފަށް އަމިއްލަ ޤާނޫނު ހަދައި، ރައްޔިތުންގެ ޚިޔާލަށް ހުށައަޅާ ދީނަށް ފުރައްސާރަ ކޮށްފައި ވާތީ އެކަން ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން ޤާނޫނުލް ޢުޤޫބާތު އެކުލަވާލައި އާއްމުންގެ ޚިޔާލަށް ހުޅުވާލާފައި ވާއިރު އެ ޑްރާފްޓްގައި އިސްލާމީ ޝަރީއަތާ ސީދާ ފުށުއަރާގޮތަށް އެތައް މާއްދާއެއް އެކުލަވާލާފައި ވާތީ ތަންފީޒް ހަރަކާރުން ނެރުނު ނޫސް ބަޔާނުގައި އެކަން ފާހަގަ ކޮށްފައި ވެއެވެ.

ޤާނޫނުލް އުޤާބާތުގެ ބިލް ދިރާސާ ކުރުމަށް ފަހު މަޖިލީހުން އާންމުކޮށް އެ ބިލުގައި މަރުގެ އަދަބު ލުއިކުރާނެ އުސޫލުތައް ކަނޑައަޅާފައި ވާއިރު އެބިލުގައި އެންމެ ދިގު މުއްދަތަށް ޖަލުގައި ހުކުމް ތަންފީޒު ކުރެވޭނީ 11 އަހަރު ކަމަށް ބަޔާންކޮށްފައި ވެއެވެ.

މިގޮތުން އެ ބިލުގައި މަރުގެ އަދަބާ ބެހޭ ގޮތުން ބުނެފައި ވަނީ އެނގި ހުރެ، މީހަކު މަރައިފި މީހާ އެ ކުރަނީ ކުށެއް ކަމަށާ އަދި ފަރުވާލެއް ނެތި ކުރާ އަމަލަކުން މީހަކު މަރުވުމަކީ ޖިނާއަތުގެ ސުން (0) ދަރަޖައިގެ އަމަލެއް ކަމަށެވެ.

ސުން ދަރަޖައިގެ ކުށުގެ އަދަބަކީ މަރުގެ އަދަބު ނުވަތަ 11 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް އެޑްރާފްޓުގައި ބަޔާން ކޮށްފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.