ރާއްޖޭގެ ޚަބަރު ޢަރަބި ބަހާއި އިސްލާމީ ޘަޤާފަތުގެ ދައުރާ ނިންމާލައިފި

ޢަރަބި ބަހާއި އިސްލާމީ ޘަޤާފަތުގެ ދައުރާ ނިންމާލައިފި

ޢަރަބި ބަހާއި އިސްލާމީ ޘަޤާފަތުގެ ދައުރާ ނިންމާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
2013 ވަނަ އަހަރުގެ ދައުރާ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އަޝްވާގް

2013 ވަނަ އަހަރުގެ ދައުރާ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އަޝްވާގް

ޢަރަބި ބަހާއި އިސްލާމީ ޘަޤާފަތުގެ ދައުރާ ނިންމާލައިފިއެވެ.

މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ކޮންމެ އަހަރަކުހެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ގިނަ ޢަދަދަކަށް ކުދިން ބައިވެރިވިއެވެ.

ދައުރާ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާ މުޚާޠަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މަދީނާ ޔުނިވަރސިޓީގައި އުނގެނުމުގެ ފުރުޞަތު ލިބުމަކީ ދަރިވަރަކަށް ލިބޭނެ އެންމެ ބޮޑު އުފާކަމަށާއި “އެއީ މާތްﷲ ވަހީ ބާވައިލެއްވެވި މާތްވެގެންވާ ބިމުގައި ހުރި ޔުނިވަރސިޓީއެއް“ ކަމަށެވެ.

ޝައިޚް ޝަހީމް ވިދާޅުވީ މަދީނާ ޔުނިވަރސިޓީގައި ގެންދަނީ ދީނީ އިލްމުގެ އިތުރުން އެހެން ތަފާތު ފެކަލްޓީތައްވެސް އުފައްދަމުން ކަމަށާއި އެއިގެ ތެރެގައި މެޑިސިން އައި އިންޖިނިއަރިންގ އާއި އެހެންވެސް ތަފާތު އިތުރު ފެކެލްޓީތައް ހިމެނޭ ކަމަށެވެ.

“ޤައުމު ކުރިއަރުވައި ތަރައްޤީ ކުރެވޭނީ ހުރިހައި ފަންނެއްގެ އިލްމުވެރިން ތިބެގެން. ތަޖުރިބާ ހުރި މަސައްކަތު މީހުން ތިބެގެން، ވީމާ ކޮންމެހެން ހަމަ އެކަނި ދީން ކިޔެވުމަކީ އޮތްކަމެއް ނޫން. ދީނީ އިލްމު އުނގެނެންޖެހޭނެ. އެއިގެ އިތުރުން އިތުރު މަސައްކަތްތައް އުނގެނުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. ވަރަށް ފައިދާ ކުރާނެ ކަމެއް.” ޝަހީމް ވިދާޅުވިއެވެ.

ޢަރަބި ބަހާއި އިސްލާމީ ޘަޤާފަތު ދައުރާ އަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީ އިން ކޮންމެ އަހަރެއްގެ ހޫނު މޫސުމްގެ ޗުއްޓީގައި ދުނިޔޭގެ އެކި ޤައުމުތަކުގައި އިސްލާމީ ނޫރު ފެތުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ކޯހެކެވެ. އެ ޔުނިވަރސިޓީގައި މިހާރު ދުނިޔޭގެ 200 އަށް ވުރެ ގިނަ ޤައުމުތަކުގެ ދަރިވަރުން ދަނީ ތަޢުލީމް ޙާޞިލް ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.