ރާއްޖޭގެ ޚަބަރު މުދާ އެތެރެކުރުމާއި ބޭރު ކުރުމުގެ ހުއްދަ ކަސްޓަމުން ލިބޭނެ ނިޒާމެއް ގާއިމްކުރަނީ

މުދާ އެތެރެކުރުމާއި ބޭރު ކުރުމުގެ ހުއްދަ ކަސްޓަމުން ލިބޭނެ ނިޒާމެއް ގާއިމްކުރަނީ

މުދާ އެތެރެކުރުމާއި ބޭރު ކުރުމުގެ ހުއްދަ ކަސްޓަމުން ލިބޭނެ ނިޒާމެއް ގާއިމްކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

customs-dhi0909
ރާއްޖެ އަށް އެކި ބާވަތުގެ މުދާ އެތެރެކުރުމާއި ބޭރު ކުރުމުގައި ނަގަންޖެހޭ ހުއްދަތައް ސީދާ ކަސްޓަމުން ލިބޭނެ ގޮތް ހަމަޖައްސައި ފަސޭހަ އިން މުދާ ކްލިއާކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު އަޝްވާން ވިދާޅުވެއްޖެއެވެ.
އަޝްވާން މިހެން ވިދާޅުވެފައި ވަނީ ކަސްޓަމްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
މިކަމާ ގުޅިގެން އަޝްވާން އިތުރަށް ވިދާޅުވީ މުދާ އެތެރެކުރުމާއި ބޭރުކުރުމުގައި މިހާރު އެކި ފަރާތްތަކުން ހުއްދަ ނަގަން ޖެހުމުން ރާއްޖޭން މުދާ ބޭރުކުރުމާއި އެތެރެކުރުމުގައި ވިޔަފާރިވެރިންނަށް އެކިވަރުގެ ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށާ އެ ދަތިތައް ނައްތާލައި އިމްޕޯޓް އެކްސްޕޯޓުގެ ފަސޭހަ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން އަޝްވާން ވިދާޅުވީ އާ ޓެކްނޮލޮޖީ ތައާރަފްކުރުމާއި އެ ޓެކްނޮލޮޖީތަކުގެ އެހީގައި ވިޔަފާރި އަށް ފަސޭހަވާނެ މާހައުލެއް ގާއިމްކުރުމަށް ކަސްޓަމުން އަބަދުވެސް އިސްކަންދޭ ކަމަށާއި މި ގޮތުން ކަސްޓަމްސް ޕޯޓަލް އެކުލަވާލުމާއި ކަސްޓަމްސްގެ ހިދުމަތްތަކުގެ މައުލޫމާތު ދޭނޭ އިލެކްޓްރޯނިކް މެޝިންތަކެއް ބެހެއްޓުމާއި އެއާޕޯޓްގައި 24 ގަޑިއިރުގެ ސާވެއަލެންސް ސެންޓަރެއް ގާއިމްކުރުމާއި މާލޭ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މޮނީޓާކުރެވޭނެ ނިޒާމެއް ގާއިމްކުރެވިފައިވާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.