ރާއްޖޭގެ ޚަބަރު ފުވައްމުލަކު ގޮނޑުދޮށަށް ލައްގާފައި އޮތީ ނާފިޒުގެ ހަށިގަނޑުކަން ދެނެގަނެވިއްޖެ

ފުވައްމުލަކު ގޮނޑުދޮށަށް ލައްގާފައި އޮތީ ނާފިޒުގެ ހަށިގަނޑުކަން ދެނެގަނެވިއްޖެ

ފުވައްމުލަކު ގޮނޑުދޮށަށް ލައްގާފައި އޮތީ ނާފިޒުގެ ހަށިގަނޑުކަން ދެނެގަނެވިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

dhi0900909

 

އިއްޔެ ހެނދުނު 06:27 ހާއިރު ފުވައްމުލައް އަނބުލުފަންނާއި ދިމާލުން 500 ފޫޓު އިރުމައްޗަށް ލައްގާފައި އޮއްވާ ފެނުނު ހަށިގަނޑަކީ ފުވައްމުލަކު ހޯދަނޑު ޒަމްހަރީރުގެ، މުޙައްމަދު ނާފިޒް (30އ)ގެ ހަށިގަނޑުކަން ދެނެގަނެވިފައި ވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ ނާފިޒްގެ ހަށިގަނޑުކަން ދެނެގަނެވިފައި ވަނީ މިކަމާ ގުޅިގެން މާލެއިން ފުވައްމުލަކަށް ދިޔަ ތަޙުޤީޤު ޓީމާއި ފޮރެންސިކް ޓީމުން ކުރި މަސައްކަތުން ލައްގާފައިވާ ހަށިގަނޑުން ނެގި ފިންގާ ޕްރިންޓާއި ފުވައްމުލަކު ހޯދަނޑު ޒަމްހަރީރުގެ، މުޙައްމަދު ނާފިޒްގެ ފިންގާ ޕްރިންޓާއި ދިމާވުމުންނެވެ.

ނާފިޒް ގެއްލިގެން ހޯދަންފެށީ އޭނާގެ ޚަބަރެއް ނުވެގެން އާއިލާ އިން މި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ 08:00 ހާއިރު ފުލުހުންނަށް އެންގުމުންނެވެ. ނާފިޒް ގެއްލިފައި ވަނީ އޭނާގެ ދެ ރަހްމަތްތެރިއަކާއެކު އައްޑު އަށް ގޮސް އެނބުރި އައިސް ފުވައްމުލަކަށް އެރުމަށްޓަކައި މޫދަށް ފުންމާލި ފަހުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.