ފާއިތުވި ބުރާސްފަތިދުވަހު ފަތިހުގެ ވަގުތެއްގައި ފުވައްމުލަކަށް އަރަންވެގެން މޫދަށް ފުންމާލި ފަހުން ޚަބަރެއް ނުވި ފުވައްމުލަކު ޒަމްހަރީރުގޭ މުހައްމަދު ނާފިޒް ،30، މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ނާފިޒްގެ ހަށިގަނޑު ފެނިފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރު އެވެ.
މިކަމާ ގުޅިގެން ފުލުހުން ހާމަކުރައްވާ ގޮތުގައި ނާފިޒު ކަމަށް ބެލެވޭ ހަށިގަނޑު ފެނިފައިވަނީ ފުވައްމުލަކު އަނބުލުފަންނާ ދިމާލުން 500 ވަރަކަށް ފޫޓު އިރަށް އެއްގަމަށް ލައްގާފައި އޮއްވަ ކަމަށާއި ފެނިފައި ވަނީ ނާފިޒުގެ ހަށިގަނޑު ކަމަށް އާއިލާ އިން ބުނާ ކަމަށާއި ނަމަވެސް އޭނާ ކަން ކަށަވަރު ކުރުމަށް ފުލުހުން ޑީއެންއޭ ޓެސްޓް ހަދާނެ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...