ރާއްޖޭގެ ޚަބަރު މަދީނާ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ބޭފުޅުންނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ބާއްވާ ޚާއްސަ ފޯރަމެއް މާދަމާރޭ

މަދީނާ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ބޭފުޅުންނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ބާއްވާ ޚާއްސަ ފޯރަމެއް މާދަމާރޭ

މަދީނާ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ބޭފުޅުންނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ބާއްވާ ޚާއްސަ ފޯރަމެއް މާދަމާރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
އަލް އަޤްޞާ ފޯރަމް ގެ ތެރެއިން |  ދިއިސްލާމް ފައިލް ފޮޓޯ

އަލް އަޤްޞާ ފޯރަމް ގެ ތެރެއިން | ދިއިސްލާމް ފައިލް ފޮޓޯ

މަދީނާ އިސްލާމިކް ޔުނިވަރސިޓީ ގައި ތަޢުލީމް ހާސިލް ކުރަމުންދާ ދިވެހި ބޭފުޅުންކޮޅަކާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ޒުވާނުންނަށް އިސްކަން ދީގެން ބާއްވާ ވަރަށް ޚާއްސަ ފޯރަމް އެއް މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ދިއިސްލާމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި "ދީނަށް އުޅުމަށް ހުރި ގޮންޖެހުންތައް" މި ނަމުގައި ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ މި ފޯރަމްގައި ދިވެހި ރާއްޖޭގައި ދީނީ ހޭލުންތެރިކަން ފެށިގެން އައިގޮތާއި ޒުވާނުންގެ މެދުގައި ދީނަށް އުޅުމަށް ހިތްޖެހި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތައް ލޯބި ޖެހިގެން ދިޔަގޮތާއި އަދި ދީނަށް ލޯބިކުރާ ކުދިންގެ ތެރޭގައި ދިވެހި މުޖުތަމަޢުގައި އުފެދެން ފަށާފައިވާ ބައެއް ފިތުނަތަކާއި މިފަދަ ކަންތައްތަކަށް އަލި އަޅުވާލެވޭނެއެވެ.

ފޯރަމްގެ މަޤްޞަދަކީ ދީނަށް ލޯބިކުރާ ދިވެހިން އަދި ޚާއްސަ ގޮތެއްގައި ޒުވާނުންގެ މެދުގައި އެކުވެރި އަޚުވަންތަކަން ބަދަހިކޮށް އެންމެން އެކަތި ގަނޑަކަށް ހެދުމެވެ.

މީގެ އިތުރުން މި ފޯރަމްގައި އަލި އަޅުވާލެވޭނެ ކަންތައްތަކަކީ ދީނީ ޢިލްމުވެރިންނާ މެދު މުޖުތަމަޢުގައި ހުރި ބައެއް ނޭދެވޭ ވިސްނުންތަކާއި މި ފަދަ ކަންތައްތައް ހައްލު ކުރެވިދާނެ ގޮތްތަކުގެ މައްޗަށެވެ. އަދި މިހާރުގެ ދީނީ ހާލަތާއި ދީނަށް  ލޯބިކުރާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތައް އުޅެން މަސައްކަތް ކުރާ ޒުވާނުނަށް މިޒަމާނުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗައް އަލި އަޅުވާލެވޭނެއެވެ.

ފޯރަމް އޮންނާނީ މާދަމާރޭ (22 ޖެނުއަރީ 2012) ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.