ރާއްޖޭގެ ޚަބަރު މާލޭ ގެއެއްގައި ބަނގުރާ ކައްކަމުންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި

މާލޭ ގެއެއްގައި ބަނގުރާ ކައްކަމުންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި

މާލޭ ގެއެއްގައި ބަނގުރާ ކައްކަމުންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

މާލޭ ގެއެއްގައި ބަނގުރާ ކައްކަމުން ދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ހައްޔަރުކޮށްފައި ވަނީ ޢުމުރުން 48 އަހަރުގެ އިންޑިޔާ ފިރިހެނެކެވެ.

ފުލުހުން ހާމަ ކުރާގޮތުގައި އޭނާ ހައްޔަރުކުރެވިފައި ވަނީ މ.ގޯލްވިޗްގޭގައި ބިދޭސީންނަށް ކައްކާ ކަންދޭން ހަދާފައިވާ ތަނެއްގައި ބަނގުރާ ކައްކާ އަދި އެތަކެތީގެ ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ 20:55 ހާއިރު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

ފުލުހުން އެގެއަށް ވަދެ ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 1.5 އެމް.އެލްގެ ދެ ފުޅި އާއި 20 ލީޓަރުގެ ހަމެއް އަދި މީގެއިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތްތަކެއްވެސް ފެނިފައި ވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރުދަނީ ތަޙްޤީޤު ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.