ދަރުސް ޚަބަރު ޝެއިޚް ބަކުރުބެ އަވަހާރަ ވުމާގުޅިގެން އަދާލަތު ޕާޓީން ޝައިޚްގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފި

ޝެއިޚް ބަކުރުބެ އަވަހާރަ ވުމާގުޅިގެން އަދާލަތު ޕާޓީން ޝައިޚްގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފި

ޝެއިޚް ބަކުރުބެ އަވަހާރަ ވުމާގުޅިގެން އަދާލަތު ޕާޓީން ޝައިޚްގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

party_logo

ފަޟީލަތުއްޝައިޚް ޢަބޫބަކުރު އިބްރާހިމް ޢަލީ އަވަހާރަވުމާ ގުޅިގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނަމުގައާއި ޢަދާލަތު ޕާޓީގެ މެމްބަރުންގެ ނަމުގައި ތައުޒިޔާ ދަންނަވައިފިއެވެ.

އަދާލަތު ޕާޓީން ޝެއިޚް ބަކުރުބެގެ އާއިލާއަށް ތައުޒިޔާ ދެންނެވުމުގެ ގޮތުން ނެރުނު ނޫސްބަޔާނުގައި ޝެއިޚް ބަކުރުބެ ވަނީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އިސްލާމް ދީނުގެ ދަޢުވަތު ފޯރުކޮށްދެއްވުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައި ވާކަން ހާމަކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނުގެ ދަޢުވަތު ފޯރުކޮށްދެއްވުމަށްޓަކައި ދަރުސްތަކާއި ޢިލްމީ ފޯރަމްތަކުގައި ބައިވެރިވެ ވަޑައިގެންފައި ވާކަމަށާއި ތަފާތު މަޢުޟޫތަކަށް ފޮތްތައް ލިޔުއްވާފައި ވާކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.

ޝައިޚް ބަކުރުބެގެ ފާފަތައް ފުއްސަވައި އޭނާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުޢާ ކުރާކަމަށް ވެސް އަދާލަތު ޕާޓީގެ ނޫސްބަޔާނުގައި ވެއެވެ.

ޝެއިޚް ބަކުރުބެ، ނިޔާވީ އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. އަދި ޝެއިޚް ބަކުރުބެގެ މައްޗަށް ކަށުނަމާދު ކުރެވިފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.