މާލޭ އިރުމަތީ ފަރާތު، ރާޅުގަނޑު ސަރަހައްދާ ދިމާލުން އާގު ބޯޓުން ފަރަށް އެރުމާ ގުޅިގެން ފަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 61 މިލިއަން ރުފިޔާގެ ގެރެންޓީއެއް ހޯދުމަށް ބޯޓުގެ ވެރިފަރާތަށް ސަރުކާރުން އަންގައިފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ހާމަ ކުރާގޮތުގައި ވިދާޅުވީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެސެސް ކުރި އިރު ބޯޓް ފަރަށް އެރުމުން ލިބުނު ގެއްލުން 61 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ބުނެފައިވާ ކަމަށާއި އެ މައްސަލާގައި ބޯޓުގެ ވެރި ފަރާތުން ތިން ދުވަހުގެ ތެރޭގައި ޖަވާބު ދާރީވުމަށް މުހުލަތުދީފައި ވާނެކަމަށެވެ.
ދިގުމިނުގައި 210 މީޓަރު، އަދި ފުޅާމިނުގައި 30 މީޓަރު ހުންނަ އޮސްޓްރިއާގެ އާގު ބޯޓުގެ ދިރުބާކޮޅު މާލޭ ފަރަށް އެރި ހާދިސާއާ ގުޅޭ ގޮތުން ޓްރާސްޕޯޓުން ބުނެފައި ވަނީ ކޮންމެ އަކަ މީޓަރަކަށް، 85،000ރ. އިން ޖޫނިމަނާ ކުރުމުގެ ބާރު ޤާނޫނުން ސަރުކާރަށް ލިބިދޭ ކަމަށެވެ.
މި މަހުގެ 7 ވަނަ ދުވަހު މި އާގު ބޯޓް ފަރަށް އެރީ ގާދޫކޮލުން ވަދެގެން، މާލެއިން ހުޅުލެއާ ދެމެދު ކަނޑުން ވަނުމަށް ފަހު، އަނބުރާލާފައި ބޭރުކަނޑަށް ނުކުންނަށް އުޅެނިކޮށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...