ރާއްޖޭގެ ޚަބަރު އެމްޓީސީސީގެ ދަތުރުތަކުން ޖީއެސްޓީ ނަގަންފަށައިފި

އެމްޓީސީސީގެ ދަތުރުތަކުން ޖީއެސްޓީ ނަގަންފަށައިފި

އެމްޓީސީސީގެ ދަތުރުތަކުން ޖީއެސްޓީ ނަގަންފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
އެމް.ޓީ.ސީ.ސީ ގެ ފެރީއެއް | ފޮޓޯ: އެމް.ޓީ.ސީ.ސީ

އެމް.ޓީ.ސީ.ސީ ގެ ފެރީއެއް | ފޮޓޯ: އެމް.ޓީ.ސީ.ސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ދޭ ފެރީ އާއި ބަހުގެ ޚިދުމަތްތަކުގެ އަގުން މިއަދުން ފެށިގެން ޖީއެސްޓީ ނަގަން ފަށައިފިއެވެ.

އެމްޓީސީސީ އިން ދޭ ޚިދުމަތްތަކުގެ ތެރެއިން މިއަދުން ފެށިގެން ވިލިމާލެ ފެރީގެ ޚިދުމަތަށް ޖީއެސްޓީ އާއެކު ނަގަނީ 3.18ރ. އެވެ. އަދި ހުޅުމާލޭ ފެރީގެ ޚިދުމަތުން 5.30ރ. ނަގާ އިރު ޕްރޮވިންސް ފެރީތަކުގެ ތެރެއިން އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށްދާ ފެރީތަކުން ނަގަނީ 21.2ރ. އެވެ. އަދި އެ ފެރީތަކުން މާލެ އަށް އަންނަ ނަމަ ނަގަނީ 53ރ. އެވެ. އަދި ހުޅުމާލޭ ބަހުން ނަގަނީ 2.12ރ. އެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓް އެކްޒެކެޓިވް އިސްމާއިލް ފާރިގް ހާމަކުރާގޮތުގައި މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުއްޏެއްގެ ހައިސިއްޔަތުން އެމްޓީސީސީ އިން ފޯރުކޮށްދޭ ޚިދުމަތްތަކުން ޖީއެސްޓި ނެގުން ލާޒިމްކޮށްފައި ވާތީ އެމްޓީސީސީ އިން ދޭ ޚިދުމަތްތަކުގެ ތެރެއިން ފެރީ އާއި ބަހުގެ ހިދުމަތްތަކުން މިއަދު ޖީއެސްޓީ ނަގަންފަށައިފިއެވެ.

މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނަގަން ފެށީ 2011 ވަނަ އަހަރު އެވެ. ޖީއެސްޓީ ރޭޓް ހަ ޕަސެންޓަށް ބޮޑުކުރީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ. އަދި މިހާރު ވަނީ ޓޫރިޒަމް ދާއިރާ އިން ޖީއެސްޓީ ނަގާ ވަރު %8 ޕަސެންޓަށް ބޮޑުކޮށްފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.