ރާއްޖޭގެ ޚަބަރު އިއްޔެ ހަވީރު މާލޭ އުތުރު ފަރާތުން ފަރަށް އަރާފައި ވަނީ ”އޮގަސްޓޯ ޝައުލްޓް“ ނަމަކަށް ކިޔާ އާގު ބޯޓެއް

އިއްޔެ ހަވީރު މާލޭ އުތުރު ފަރާތުން ފަރަށް އަރާފައި ވަނީ ”އޮގަސްޓޯ ޝައުލްޓް“ ނަމަކަށް ކިޔާ އާގު ބޯޓެއް

އިއްޔެ ހަވީރު މާލޭ އުތުރު ފަރާތުން ފަރަށް އަރާފައި ވަނީ ”އޮގަސްޓޯ ޝައުލްޓް“ ނަމަކަށް ކިޔާ އާގު ބޯޓެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
މާލެ އުތުރު ފަރާތު ފަރަށް އެރި "އޮގަސްޓޯ ޝައުލްޓް" ނަމަކަށް ކިޔާ އާގު ބޯޓު | ދިއިސްލާމް ފޮޓޯ: ވިޝާހު

މާލެ އުތުރު ފަރާތު ފަރަށް އެރި "އޮގަސްޓޯ ޝައުލްޓް" ނަމަކަށް ކިޔާ އާގު ބޯޓު | ދިއިސްލާމް ފޮޓޯ: ވިޝާހު

އިއްޔެ ހަވީރު މާލޭ އުތުރު ފަރާތުން ފަރަށް އަރާފައި ވަނީ ގިނަ އަދަދެއްގެ ކޮންޓެއިނާ ތަކެއް އަރުވައިގެން މާލެ ވަންނަން އުޅުނު "އޮގަސްޓޯ ޝައުލްޓް" ނަމަކަށް ކިޔާ އާގު ބޯޓެކެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ހާމަކުރާ ގޮތުގައި މި ކާގޯ ބޯއްޓު ފަރަށް އެރީ އެ ބޯޓަށް މަގު ދައްކަންދާ ޕައިލެޓް ބޯޓު އެ ސަރަހައްދަށް ދިއުމުގެ ކުރިން މާލެ ސަރަހައްދަށް ވަންނަން އުޅުމުންނެވެ. އެ މިނިސްޓްރީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ މާލޭ ބަނދަރަށް ވަންނަ ބޯޓުތަކަށް މަގު ދެއްކުމަށް އެމްޕީއެލްގެ ޕައިލެޓް ބޯޓުތައް ހަރަކާތްތެރިވި ނަމަވެސް އެ ބޯޓު މާލެއަށް ވަންނަން އުޅުނީ އެ ސަރަހައްދަށް ޕައިލެޓް ބޯޓެއް ދިއުމުގެ ކުރިން ކަމަށެވެ. އަދި ޕައިލެޓް ބޯޓު ދިއުމުގެ ކުރިން މާލެއަށް ނުވަނުމަށް އެ ބޯޓުން ކާގޯ ބޯޓަށް އެންގި ކަމަށާއި ނަމަވެސް އެ ބޯޓުގެ ކެޕްޓަން އެ ކަމަށް އިހުމާލުވި ކަމަށް ނާފިޒް ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ އެ ފަދަ ބޮޑު ބޯޓެއް ފަރަށް އެރުމުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި އެކަމުގެ ޒިންމާ ބޯޓުގެ އެޖެންޓުން ނަގަން ޖެހޭނެ ކަމަށެވެ.

އެ އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ ބޯޓު ފަރަށް އެރުމުން އެ ސަރަހައްދުގެ ފަރަށް ގެއްލުމެއް ލިބިފައިވާނަމަ ގެއްލުމެއް ލިބޭ ކޮންމެ އަކަމީޓަރަކަށް، 85،000 ރުފިޔާ އިން ޖޫނިމަނާ ކުރާނެ ކަމަށެވެ. ނަމަވެސް އެ ޖޫރިމަނާގެ ފައިސާގެ ކުޑަ ބޮޑުމިން އަޅާ ކިޔޭނީ ފަރުގެ ދިރުމަށް ލިބިފައިވާ ގެއްލުން ބެލުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.