ރާއްޖޭގެ ޚަބަރު އޮފީސް މާހައުލުގައި ކުރާ ޖިންސީ ފުރައްސާރަތައް ހުއްޓުވުމަށް ބިލެއް ހުށަހަޅައިފި

އޮފީސް މާހައުލުގައި ކުރާ ޖިންސީ ފުރައްސާރަތައް ހުއްޓުވުމަށް ބިލެއް ހުށަހަޅައިފި

އޮފީސް މާހައުލުގައި ކުރާ ޖިންސީ ފުރައްސާރަތައް ހުއްޓުވުމަށް ބިލެއް ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

Dhiislam_Majlis_23s

އިޖުތިމާއީ އެކި އެކި ޚިދުމަތް ދޭ ތަންތަނުގައި ކުރާ ޖިންސީ ފުރައްސާރައިގެ ޢަމަލުތައް ހުއްޓުވުމަށް ސަރުކާރުން މަޖިލީހަށް ބިލެއް ލައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހަޅުއްވާނީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. މީގެ ކުރިން "ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލް" ވެސް މަޖިލީހަށް ހުށަހެޅުއްވީ ރޮޒައިނާއެވެ.

ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ބިލުގައިވާ ގޮތުން ޖިންސީ ފުރައްސާރަ ކުރުން ކަމަށް ބެލެވޭނީ މީހެއްގެ "ނުގަބޫލުގައި" ޖިންސީ އަމަލެއް ހިންގުމަށެވެ. ޖިންސީ އަމަލު ހިންގުން ކަމަށް ބެލެވޭނީ އެ އަމަލު ހިންގާ މީހަކު ދައްކާ ވާހަކައަކުން، ނުވަތަ ބުނާ ބަސްތަކަކުން، ނުވަތަ ލިޔާ ލިޔުމަކުން، ނުވަތަ ދައްކާ ކުރެހުމަކުން، ނުވަތަ ތަސްވީރަކުން ނުވަތަ އިއްވާ އަޑަކުން ނުވަތަ ކުރާ އިޝާރާތަކުން އެނޫން ވެސް އަމަލެއްގެ ސަބަބުން އެކަން ރައްދުވާ މީހާއަށް އެ އަމަލުން ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެން ދިއުމަށެވެ.

މަރުކަޒުތަކުން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުން ނާޖާއިޒް ފައިދާ ނަގައިގެން އެ މީހުނަށް ޖިންސީ ފުރައްސާރަކޮށްގެން ނުވާނެ ކަމަށް ބިލުގައި ބަޔާން ކުރެއެވެ. އެގޮތުން މަރުކަޒުތަކުގައި ބަލަހައްޓަމުންދާ ކުޑަކުދިންނާއި މުސްކުޅިންނާއި ނުކުޅެދޭ މީހުންގެ އިތުރުންވެސް ވެސް އެހެން ބަޔަކަށް ވެސް ޖިންސީ ފުރައްސާރަކޮށްގެން ނުވާނެ ކަމަށް ބިލުގައި ބުނެއެވެ.

އޮފީހުގެ މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރައިގެ އަމަލުތައް ތަޙްޤީޤުކޮށް ބެލުމަށްޓަކައި ކޮންމެ އޮފީހެއް [ކުންފުންޏެއް، މުއައްސަސާއެއް، މަރުކަޒެއް] ގައި ކޮމެޓީއެއް އުފައްދަންޖެހޭ ކަމަށާއި އެގޮތުން 10 މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުންގެ މައްޗަށް އެކުލެވޭ ކޮމެޓީ އެކުލަވާލަންވާނެ ކަމަށް ބިލުގައި ވެއެވެ. އަދި އެ ކޮމެޓީގެ މެޖޯރިޓީ އޮންނަންވާނީ އަންހެނުންގެ މައްޗަށް ކަމަށާއި އެ ކޮމެޓިއަށް ރައީސްއަކާއި ނައިބު ރައީސްއަކު އިންތިހާބު ކުރަންޖެހޭ ކަމަށްވެސް ބިލުގައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.