ޢުމުރުން 6 އަހަރުގެ އަންހެން ކުއްޖަކާއެކު ގަދަކަމުން ބަދު އަޚުލާޤީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި 49 އަހަރުގެ ފިރިހެނަކު ފ. ނިލަންދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ ހަވީރު ޢާއްމު ފަރާތަކުން ފުލުހުންނަށް ދިން މަޢުލޫމާތަކާއި ގުޅިގެން ފުލުހުން އެތަނަށް ދިޔައިރު އެ ޢަމަލު ހިންގަމުން ދަނިކޮށް ކަމަށެވެ.
މި މައްސަލާގައި އޭނާ ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ބަދުއަޚުލާޤީ ޢަމަލް ހިންގި މި މައްސަލަ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ގުޅިގެން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...