އުފަން ދެ ދަރިންނާއެކު ގަދަކަމުން ޖިންސީގޯނާ ކުރި ބައްޕަޔަކު ޖަލަށް ލުމަށް މިލަދުއްމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުން 24 އަހަރަށް ޖަލަށް ލުމަށް އިއްޔެ ހުކުމް ކޮށްފައިވަނީ ނ. މާޅެންދޫ ރިއުޝާންހައުސް، އުމުރުން 50 އަހަރުގެ އާދަމް ޢަލީ އެވެ.
އާދަމް އަލީގެ މައްޗަށް ހުކުމް ކޮށްފައިވަނީ އޭނާގެ 17 އަހަރުގެ އަދި 13 އަހަރުގެ ދެ އަންހެންދަރިންނަށް ގަދަކަމުން ޖިންސީގޯނާ ކުރިކަމަށް 2012 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުޤީޤުކުރި މައްސަލައާއި ގުޅިގެންނެވެ.
މި މައްސަލައިގެ ތަޙުޤީޤު ނިންމާ ޕީ.ޖީ އޮފީހަށް ފޮނުވާފައިވަނީ 2012 އޮކްޓޯބަރ 12 ވަނަދުވަހުއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...