
2011 ވަނަ އަހަރުގެ އިސްލާމިކްފެއާގައި ބަހައްޓަފައި ހުރި ގެފުޅުގެ ނަމޫނާއެއް | ދިއިސްލާމް ފައިލް ފޮޓޯ
އިސްލާމިކް ފެއާ ބާއްވާނެ ތާރީޚެއް އަންނަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައި އިޢުލާން ކުރާނެކަމަށް އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝެއިޚް ޝަހީމް ވިދާޅުވީ އިސްލާމިކް ފެއާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް އަންނަމަހުގެ ފަހުކޮޅުގައި އިޢުލާން ކުރެވޭނެ ކަމަށާއި މި ފެއާގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ބައެއް ބުކްޝޮޕް ތަކަށްވެސް ދަޢުވަތު ދޭގޮތައް ވިސްނާފައި ވާކަމަށެވެ.
ޝަހީމް ވިދާޅުވީ މިފަހަރު ބުކްޝޮޕް ތަކުގެ އިތުރުން ކޮލެޖް ތަކާއި ޔުނިވަރސިޓީ ތަކުގައި ހުރި ފޮތްތައް ވިއްކުމުގެ ފުރުޞަތު ހުޅުވާލެވޭނެ ކަމަށާއި އިސްލާމިކް ސީޑީ އާއި ދީނީ އެކިއެކި ދަރުސް ތަކުގެ ވަޞީލަތްތަކަށް ވެސް ފުރުޞަރު ހުޅުވިފައި ވާނެކަމަށެވެ. އަދި މީޑިއާގެ ވަޞީލަތް ތަކުގެ ތެރޭގައި ޓީވީ އަދި ރޭޑިއޯ ޗެނަލް ތަކުން ތައްޔާރުކޮށްފައިވާ އެކިއެކި ޕްރޮގްރާމްތައް ވިއްކުމުގެ ފުރުޞަތު މީޑިއާ ތަކަށްވެސް ހުޅުވާލެވިފައި ވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
މިއީ އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރު އެއްފަހަރު މިގޮތައް ބާއްވަމުން އަންނަ ފެއާތަކުގެ ތެރެއިން އެގޮތުން ބާއްވާ 5 ވަނަ ފެއާއެވެ. އެންމެ ފަހުން އިސްލާމިކް ފެއާއެއް ބޭއްވިފައި ވަނީ މިދިޔަ 2011 ވަނައަރުގެ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހުން 12 ވަނަ ދުވަހަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...