ހދ. ކުޅުދުއްފުށިން މީހަކަށް މަރުގެ އިންޒާރުދީ ފައިސާތަކެއް ފޭރުނު 2 މީހެއްގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައާއި ގުޅިގެން ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ހދ. ކުޅުދުއްފުށި ބީޗްސައިޑް، އުމުރުން 21 އަހަރުގެ ފަޟީލް ޢަލީ ވަޙީދު އާއި ހދ. ކުޅުދުއްފުށި ޅޮސްމާގެ، އުމުރުން 21 ޢަލީ މާހިރު ގެ މައްޗަށެވެ.
ފުލުހުން މަޢުލޫމާތު ދޭގޮތުގައި މި ދެ މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުގެ 13:35 ހާއިރު ހދ. ކުޅުދުއްފުއްޓަށް އައި މީހަކު ބަނދަރުމަތީގައި ހުއްޓާ އޭނާއަށް މަރުގެ އިންޒާރުދީ އޭނާގެ އަތުން މި ދެމީހުން ފައިސާތަކެއް ފޭރުނުކަމަށް ތުޙުމަތުކުރެވޭ މައްސަލައާއި ގުޅިގެންނެވެ.
މި މައްސަލައިގެ ތަޙުޤިޤު ނިންމައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2012 ޑިސެމްބަރު 3މަހުގެ 25 ވަނަ ދުވަހުއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...