ވައިގެ މަގުން ގދ. ތިނަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ. އަދި މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވައިގެ މަގުން ތިނަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޕޮލިސް އިންޓެލިޖެންސާއި ޑުރަގް އެންފޯސްމަންޓު ޑިޕާޓްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޑިސެމްބަރ މަހު 18 ވަނަ ދުވަހުގެ ރޭ 22:08 ހާއިރު ހުޅުލެއަށް ދިއުމަށްޓަކައި ހުޅުލޭ ފެރީ ކައިރީގައި ހުއްޓައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް މީނާ ގެނެސް މީނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު މީނާގެ ފުރަގަސްފަރާތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ 05 ރަބަރު ޕެކެޓް ފެނިފައި ވާކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލަ ޑުރަގް އެންފޯރސްމަންޓް ޑިޕާރޓުން ދަނީ ތަޙްޤީޤް ކުރަމުން ކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...