ރާއްޖޭގެ ޚަބަރު ރ. މީދުއްޕަރު ރިސޯޓުން ސްނޯކްލިންގއަށް ގޮސް އުޅެނިކޮށް ގެއްލުނު ކޮރެއާ ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ރ. މީދުއްޕަރު ރިސޯޓުން ސްނޯކްލިންގއަށް ގޮސް އުޅެނިކޮށް ގެއްލުނު ކޮރެއާ ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ރ. މީދުއްޕަރު ރިސޯޓުން ސްނޯކްލިންގއަށް ގޮސް އުޅެނިކޮށް ގެއްލުނު ކޮރެއާ ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
މީދުއްޕަރު އައިލެންޑް ރިޒޯޓް އެންޑް ސްޕާ

މީދުއްޕަރު އައިލެންޑް ރިޒޯޓް އެންޑް ސްޕާ

އިއްޔެ ހަވީރު ރ. މީދުއްޕަރު ރިސޯޓުން ސްނޯކްލިންގއަށް ގޮސް އުޅުނިކޮށް ގެއްލިގެން ހޯދަމުންދިޔަ ކޮރެއާ ފަތުރުވެރިޔާ ކަނޑުއަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން މަޢުލޫމާތު ދޭގޮތުގައި އުމުރުން 32 އަހަރުގެ މިސްޓަަރ 'ދޮހުވަން އޮހު' ގެއްލިގެން ހޯދަމުންދަނިކޮށް ފެނިފައިވަނީ މިއަދު ހެނދުނު އެމް.އެން.ޑީ.އެފްއާއި މީދުއްޕަރު ޑައިވަރުން ކުރި ޑައިވެއްގައި މީނާ ގެއްލުނުކަމަށް ބުނާ ސަރަޙައްދުގައި 20 މީޓަރު މޫދު އަޑިންނެވެ. އަދި މީނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މީދުއްޕަރު ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖެ އައިސްއުޅުނު މި ފަތުރުވެރިޔާ ގެއްލިފައިވަނީ އޭނާގެ އަންހެނުންނާއެކު ސްނޯކްލިންގއަށް ގޮސް އުޅެނިކޮށް އިއްޔެ ހަވީރު 17:30 ހާއިރުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.