ރާއްޖޭގެ ޚަބަރު ފަތުރުވެރިންނަށް އޮޅުވާލައިގެން މަކަރާހީލަތުން ޑޮލަރު ނަގަމުންދިޔަ ޓްރެވަލް އެޖެންސީއެއްގެ މައްސަލަ ޕީ.ޖީ އަށް ފޮނުވައިފި

ފަތުރުވެރިންނަށް އޮޅުވާލައިގެން މަކަރާހީލަތުން ޑޮލަރު ނަގަމުންދިޔަ ޓްރެވަލް އެޖެންސީއެއްގެ މައްސަލަ ޕީ.ޖީ އަށް ފޮނުވައިފި

ފަތުރުވެރިންނަށް އޮޅުވާލައިގެން މަކަރާހީލަތުން ޑޮލަރު ނަގަމުންދިޔަ ޓްރެވަލް އެޖެންސީއެއްގެ މައްސަލަ ޕީ.ޖީ އަށް ފޮނުވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
ސެއިލިން ޓުއާރސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ އިބްރާހިމްފުޅު | ފޮޓޯ: ޕޮލިސް

ސެއިލިން ޓުއާރސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ އިބްރާހިމްފުޅު | ފޮޓޯ: ޕޮލިސް

އެކި އެކި ޤައުމުތަކުގެ ފަތުރުވެރިންނަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ޑޮލަރު އަތުލަމުންދާ ޓްރެވަލް އެޖެންސީއެއްގެ މައްސަލައިގެ ތަޙްޤީޤު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ސެއިލިންގ ޓުއާރސް ޕްރައިވެޓް ލިމިޓެޑްގެ ނަމަކަށް ކިޔާ ކުންފުންޏެއްގެ މައްޗަށެވެ.

ސެއިލިންގް ޓުއާރސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ދިވެހިރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށްޓަކައި ސެއިލިންގް ޓުއާރސް ޕްރައިވެޓް ލިމިޓެޑުން ބުކިން ހައްދައިގެން އައި ތުރުކީގެ 24 ފަތުރުވެރިން އެ ކުންފުންޏަށް ދައްކާފައިވާ ފައިސާގެ ތެރެއިން 4800 ޔޫއެސް ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެންނެެވެ.

ފުލުހުން މަޢުލޫމާތު ދޭގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2012 އޮކްޓޯބަރ 26 ވަނަދުވަހު ކަމަށާއި 24 ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށްޓަކައި ރާއްޖެ އައުމަށްޓަކައި ސެއިލިންގ ޓްއާރސް ޕްރައިވެޓް ލިމިޓެޑަށް އެކި ފަހަރުމަތިން 16000 ޔޫއެސް ޑޮލަރު ފޮނުވާފައި ވެއެެވެ. ނަމަވެސް އެމީހުން ރާއްްޖެއައިއިރު ހަމަޖައްސަން ބުނި ސަފާރީއަށް ފައިސާވެސް ދައްކާފައި ނުވާ ކަމަށާއި އަދި އެފައިސާ ބޭނުންކޮށްފައިވަނީ އެހެން ކަމަކަށާއި އެފަތުރުވެރިންނަށް ސަފާރީވެސް ހަމަޖައްސާފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ހަމަޖައްސަން ބުނި ސަފާރީ ހަމަ ހަމަނުޖެހުމުން “ހޭންޑީ ކްރޫޒް” ނަމަކަށްކިޔާ ސަފާރީއެއް ހަމަޖެއްސި ކަމަށާއި ނަަމަވެސް އެސަފާރީއަށްވެސް ފައިސާ ދައްކާފައިވަނީ ފަހުންދޭގޮތަށް 24 ފަތުރުވެރިން އަތުން 4800 ޔޫއެސް ޑޮލަރު (ކޮންމެ މީހެއްގެ އަތުން 200.00 ޔޫއެސް ޑޮލަރު) ނަގައިގެންކަމަށް މައްސަލަ ހުށަހެޅިފަރާތާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ހާމަކުރާ ގޮތުގައި މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2012 ޑިސެމްބަރު 13 ވަނަދުވަހުއެވެ. އަދި މިމައްސަލައިގެ އިތުރުން ސެއިލިންގ ޓްއާރސްގެ މެނޭޖިންގ ޑިރެކްޓަރ ނ.ވެލިދޫ، ބަހާރުގެ ،ޢަބްދުﷲ އިބްރާހީމްފުޅު އެކި އެކި ޤައުމުތަކުގެ ފަތުރުވެރިންނަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ 4 މައްސަލައެއްވެސް ތަޙްޤީޤު ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.