ރާއްޖޭގެ ޚަބަރު އަންހެން ކުއްޖެއްގެ ލޮލަށް އަލްޓިކޯ އެޅި މައްސަލާގައި 2 މީހަކު ހައްޔަރު ކޮށްފި

އަންހެން ކުއްޖެއްގެ ލޮލަށް އަލްޓިކޯ އެޅި މައްސަލާގައި 2 މީހަކު ހައްޔަރު ކޮށްފި

އަންހެން ކުއްޖެއްގެ ލޮލަށް އަލްޓިކޯ އެޅި މައްސަލާގައި 2 މީހަކު ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރ. އަލިފުށީ | ފޮޓޯ : އަލިފުށިއޮންލައިން

ރ. މަޑުއްވަރީގައި އަންހެން ކުއްޖެއްގެ ލޮލަށް އަލްޓިކޯ ތެރަސް އެޅި މައްސަލައާ ގުޅިގެން ފުލުހުން 2 މީހަކު އަލިފުށިން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ހާމަކުރާގޮތުގައި މި ޑިސެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ރޭ 20:45 ހާއިރު ޢުމުރުން 17 އަހަރުގެ އަންހެން ކުއްޖެގެ ލޮލަށް މީހަކު ގަދަކަމުން އަލްޓިކޯ ތެރަސް އެޅުމާއި ގުޅިގެން ރ.މަޑުއްވަރީ ސިއްޙީ މަރުކަޒަށް ގެންގޮސްފައިވެއެވެ. އަދި މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ހުށަހެޅުނު މައްސަލައާ ގުޅިގެން ތަޙްޤީޤުކުރުމަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައެވެ.

ފުލުހުން އިތުރަށް ބުނީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށާއި އަދި މިމީހުން ހައްޔަރު ކޮށްފައިވަނީ އިއްޔެ ހަވީރު 15:00 ހާއިރު ކަމަށެވެ.

މި މައްސަލަ ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަޙްޤީޤުކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.