ޒުވާނަކަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައާއި ގުޅިގެން 18 އަހަރުން ދަށުގެ 5 ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި އިއްޔެ ހަވީރު 4:50 ހާއިރު ކާނިވާ ސަރަޙައްދުގައި ހިނގި މާރާމާރީގެ މިމައްސަލައާ ގުޅިގެން ޢުމުރުން 17 އަހަރުގެ 2 ކުދިންނާ ޢުމުރުން 16 އަހަރުގެ 2 ކުދިންގެ އިތުރުން 15 އަހަރުގެ ކުއްޖެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ފުލުހުން ބުނީ މި މާރާމާރީގައި ޒަޚަމްވި ޒުވާނާއަކީ ޢުމުރުން 22 އަހަރުގެ މީހެއް ކަމަށާއި އޭނާގެ ވާތުގެ އުޅަނބޮށްޓާ ދިމާއިން ޒަޚަމްވެފައިވާއިރު މިޒަޚަމްތަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...