ރާއްޖޭގެ ޚަބަރު "މާތްﷲ" ގެ ނަމުގައި ކޮމެންޓް ޝާއިޢުކުރުމާ ގުޅިގެން މިނިވަންނޫހާ ދެކޮޅަށް ފިޔަވަޅުއަޅައިދިނުމަށް ސަލަފުން އެދެފި

"މާތްﷲ" ގެ ނަމުގައި ކޮމެންޓް ޝާއިޢުކުރުމާ ގުޅިގެން މިނިވަންނޫހާ ދެކޮޅަށް ފިޔަވަޅުއަޅައިދިނުމަށް ސަލަފުން އެދެފި

"މާތްﷲ" ގެ ނަމުގައި ކޮމެންޓް ޝާއިޢުކުރުމާ ގުޅިގެން މިނިވަންނޫހާ ދެކޮޅަށް ފިޔަވަޅުއަޅައިދިނުމަށް ސަލަފުން އެދެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގައި އޮންލައިންކޮށް ނެރެމުންގެންދާ ނޫހެއްކަމަށްވާ "މިނިވަން ނިއުސް" ގައި މާތްﷲ އަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ކޮށްފައިވާ ކޮމެންޓް ޝާއިޢުކޮށްފައިވާތީ މިނިވަން ނިއުސް އާދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދި ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން މޯލްޑިވްސް މީޑިއާ ކައުންސިލަށް ސިޓީއެއް ފޮނުވައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ސޮއެކޮށް މިއަދު ފޮނުވި ސިޓީގައި 28 ނޮވެމްބަރ 2012 ވަނަދުވަހު މިނިވަންނިއުސް އޮންލައިންގައި

 Government "cynically used xenophobia,nationalism and religious extremism" to attack foreign investor: former President

މިސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމުގެ ކޮމެންޓްސް ތަކުގެ ތެރޭގައި "މާތް ﷲ" ގެ ނަމުގައި މާތް ﷲ އަށާއި އިސްލާމްދީނަށް ފުރައްސާރައިގެ ކޮމެންޓެއް ޝާއިޢުކޮށްފައިވާތީ، އެކަން ބައްލަވައި، މިނިވަންނިއުސް އާއިމެދު ފިޔަވަޅު އަޅައިދިނުމަށްއެދި މީޑިއާ ކައުންސިލުގެ ރައީސަށް ދަންނަވާފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުން ފޮނުވި ސިޓީގައި މިގޮތަށް ގޮވާލާފައި މިވަނީ މިނިވަން ނިއުސް އަކީ ދިވެހިރާއްޖޭގައި ނެރެވޭ ނޫހަކަށްވެފައި ރާއްޖޭގެ ލޮބުވެތި މުސްލިމުންގެ ކައިރީގައި އެފަރާތަކަށް އެންމެ ޢިއްޒަތްދެވޭންޖެހޭ ފަރާތާއިމެދު ކުޑައިމީސްކޮށް ފުރައްސާރަ ކޮށް ޝާއިޢުކޮށްފައިވުމާއި އަދި ޢާލަމްތަކުގެ ވެރި ރައްބާއިމެދު އެއްވެސް ޤަދަރެއް ނުބަހައްޓާ، އިސްލާމުންގެ ތެރޭގައި އެންމެ މުޤައްދަސް ފަރާތާއި މެދު އެމީހުންގެ ތެރޭގައި ފުރައްސާރަކުރެވޭ ގޮތަށް މަސައްކަތް ކޮށްފައިވުމުންނެވެ.

"އެނޫހުގައި ތަފާތު އެކިފަހަރުމަތީން އިސްލާމީ ޝަރީޢަތުގެ ކަރާމަތާއި ހައިބަތު ގެއްލޭގޮތަށް ލިޔުން ޝާއިޢު ކުރުމާއި، މީހުން ބުނެފައި ހުންނަ ބަސްތައް ބުނެފައިވާ މަޤާމް ނޫން މަޤާމަށް ފުރޮޅުމުގެ ސަބަބުން މާނައޮޅިގެންދާ މަޤާމްތަކުގައި ބޭނުންކޮށް ލިޔެފައިވާ ލިޔުންތައް ހުރިކަންވެސް މި ޖަމްޢިއްޔާއިން ފާހަގަކުރަމެވެ. މިފަދަ ނުބައި ލިޔުންތައް ޢާއްމުކޮށް ޝާއިޢުކުރާން ވެއްޖެނަމަ ކޮމެންޓެއްގެ ނިވާފަތްގަނޑު ނުވަތަ އެނޫންވެސް ކޮންމެވެސް ފިނޑި މަކަރުވެރި ޙީލަތެއްގެ ފުރަގަހުގައިތިބެގެން ކޮންމެފަދަ ނުބައި ޖަރީމާއެއް ހިންގަންވެސް ޖެހިލުން ނުވާނެކަން ޔަޤީންކުރެވެއެވެ. މިފަދަ ނޭއްގާނީ އަދި ޣައިރު ޤާނޫނީ އުކުޅުތައް މިބައިމީހުން ބޭނުންކުރަމުން ދާކަމީ މިފަދަ މުސްލިމް މުޖްތަމަޢެއް ފަސާދަކޮށް، ހަމަނުޖެހުން އުފައްދައި ފިތުނަ އުފެއްދުމުގެ ޤަޞްދުގައި ކުރާކަމެއްކަން ވަރަށް ރަނގަޅަށް ހާމަވާން އޮތްކަމެއްކަމުން؛ ރާއްޖޭގެ ޤާނޫނުތަކާއި، ޤާނޫނުތަކުގެ ދަށުން ހެދިފައިވާ މުއައްސަސާތަކުގެ ބެލެނިވެރިން އެކަމާމެދު ފިޔަވަޅު ނާޅާއިފިނަމަ ދެން މި މުސްލިމް މުޖްތަމަޢުގައި މީޑިއާއާމެދު އެއްވެސް ފަރާތެއްގެ ބެލެނިވެރިކަމެއް ބޭއްވުމުގެ ބޭނުމެއް ނޯންނާނެ ކަމެއްކަމުގައިވެސް ހިތާމަޔާއެކު ފާހަގަ ކުރަމެވެ."

މިނިވަން ނިއުސް ގައި މި ޝާއިޢު ކުރެވުނު ކޮމެންޓް އާއި ގުޅިގެން މީގެ ކުރިން އަދާލަތު ޕާޓީންވެސް ވަނީ މިކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.