ރާއްޖޭގެ ޚަބަރު ފުނަދޫ ގެއަކުން ވަގަށް ނެގި 2 މޮބައިލް ފޯނު ހޯދައި އެކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރު ކޮށްފި

ފުނަދޫ ގެއަކުން ވަގަށް ނެގި 2 މޮބައިލް ފޯނު ހޯދައި އެކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރު ކޮށްފި

ފުނަދޫ ގެއަކުން ވަގަށް ނެގި 2 މޮބައިލް ފޯނު ހޯދައި އެކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވައްކަން ކުރިކަމަށް ބުނާ އުދަރެސް ގެ | ދިއިސްލާމް ފޮޓޯ: ވިޝާހު

ށ. ފުނަދޫ ގެއަކުން ވަގަށް ނަގާފައިވާ 02 މޮބައިލް ފޯނު ހޯދައި އެކަމުގެ ތުހުމަތުގައި 02 މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ފުލުހުން އިތުރަށް މަޢުލޫމާތު ދޭގޮތުގައި މި ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހު 17:15 ހާއިރު ށ. ފުނަދޫ އުދަރެސް ގެއިން 2 މޮބައިލް ފޯނު ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ފޯނު ހޯދުމަށް ށ. ފުނަދޫ ޕޮލިސްޓޭޝަނުން މަސައްކަތް ވަނީ ފަށާފައެވެ. އަދި ދެމޮބައިލް ފޯނުވެސް ފެނުނީ މި ޑިސެމްބަރ މަހުގެ 2 ވަނަ ދުވަހުގެ ރޭ 20:30 ހާއިރު މި ދެމީހުން ދިރިއުޅެމުން ގެންދާ ގެއިނެވެ.

މިވައްކަމުގެ މިމައްސަލަ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙްޤީޤް ކުރަމުން ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.