ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީގެ މަރުގެ ފަހަތުގައި ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ފެންނަން އެބަހުރި ކަމަށް ހޯމް މިނިސްޓަރ ޑރ. މުޙައްމދު ޖަމީލް ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީގެ ފަރާތުން އެ ރަށުގައި ބޭއްވި އިޖުތިމާއީ ބައްދަލުވުމެއްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ އަފްރާޝީމްގެ ޤާތިލުުން މިހާރު ހޯދިއްޖެ ކަމަށާއި ޤަބޫލް ކުރަން ދަތި އެތަކެއް ކަމެއް ފަހަތުގައި ރޭވި ހިނގަމުން ދާކަން މި މަރުގެ ތަހުގީގުން އެބަ އެގޭ ކަމަށެވެ. އަދި މީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
ފުލުހުން ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް މި މައްސަލާގައި ފަސްވަރަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މި ޖަރީމާ ރޭވިގެން އައި ގޮތާއި އެކަން ހިނގި ގޮތް ވަރަށް އަވަހަށް ފުލުހުން ހާމަކުރާނެ ކަމަށް ރައީސް މުހައްމަދު ވަހީދު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
ޑރ. އަފްރާޝީމްގެ މަރާގުޅިގެން ހައްޔަރު ކުރެވުނު 5 މީހުންގެ ތެރެއިން 2 މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ހަތަރުވަނަ ފަހަރަށް އިތުރު ކޮށްދީފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...