
”މޯލްޑިވްސް ޕެލެސްޓައިން ބްރަދަހޫޑް“ ގެ އިފްތިތާހީ ޖަލްސާގައި ޖަމިއްޔާގެ ރައީސް ޝައިޚް ޠައްޔިބް ވާހަކަ ދައްކަވަނީ | ދިއިސްލާމް ފޮޓޯ:އަޝްވާގް
”މޯލްޑިވްސް ޕެލެސްޓައިން ބްރަދަހޫޑް“ ގެ ފަރާތުން އިންތިޒާމުކޮށްގެން "އަހަރުމެން ފަލަސްޠީން އެކަނިކޮށެއް ނުލާނަން" މިނަމުގައި ހިނގާލުމެއް ބާއްވަން ހަމަޖެހިއްޖެއެވެ.
ދިއިސްލާމަށް މާޢުލޫމާތު ދެއްވަމުން މޯލްޑިވްސް ޕެލަސްޓައިން ބްރަދަހޫޑް ގެ ރައީސް އައްޝައިޚް މުޙައްމަދު ޠައްޔިބް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަށް ނުޙައްޤުން ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި ބާއްވާ ސުލްހަވެރި ހިނގާލުމެއް ކަމަށެވެ. މިއެއްވުން ފެށޭނީ 23 ނޮވެމްބަރު ވާ ހުކުރު ދުވަހު (މާދަމާ) ހަވީރު 16:00 ގައި މާލެ ސޯޝަލް ސެންޓަރ ކުރިމަތިންނެވެ.
ޝެއިޚް ޠައްޔިބް ވިދާޅުވި ގޮތުގައި އިޒްރޭލުން ފަލަސްޠީނަށް ހަމަލާދިނުން ހުއްޓާލިކަމަށް އެއްބަސް ވިޔަސް އެބައިމީހުންނަކީ ވާއަހުދުތަކާ ޚިލާފްވާ ބައެއް ކަމަށާއި އެމީހުން އެހެން ބުނަމުން ދިޔަކަމުގައި ވީނަމަވެސް މިކަމަށް އަޑުއުފުލުމަށްޓައި ހިނގާލުން ކުރިއަށް ދާނެ ކަމަށެވެ.
މި ހިނގާލުމުގައި ވީހާވެސް ގިނަ އަޚުންނާއި އުޚުތުން ބައިވެރިވެދެއްވުން މޯލްޑިވްސް ޕެލެސްޓައިން ބްރަދަހޫޑް ގެ ފަރާތުން އެދިލައްވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...