ރާއްޖޭގެ ޚަބަރު މާލެ ނާދެވުނު ހައްޖުވެރިޔާ އާއި މެދު ސަފާ ގުރުއްޕުން އިހުމާލުވެފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ ދޮގުކޮއްފި

މާލެ ނާދެވުނު ހައްޖުވެރިޔާ އާއި މެދު ސަފާ ގުރުއްޕުން އިހުމާލުވެފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ ދޮގުކޮއްފި

މާލެ ނާދެވުނު ހައްޖުވެރިޔާ އާއި މެދު ސަފާ ގުރުއްޕުން އިހުމާލުވެފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ ދޮގުކޮއްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހައްޖު 1433: ފޮޓޯ ދިއިސްލާމް

ސަފާ ހައްޖު އުމްރާ ގުރުއްޕުގެ ހަވާލުގައި ހައްޖަށްދިޔަ ށ. މިލަންދޫ ހުސެއިން އިބްރާހިމް މާލެ ނާދެވި އެއާޕޯޓްގައި މަޑުކުރަން ޖެހުމުން އޭނާއާއި މެދު ހައްޖު ގުރުއްޕުން އިހުމާލުވީ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ އެ ޖަމާއަތުގެ އިސްވެރިޔާ އަބުދުﷲ ނަސީމް ދޮގުކޮއްފިއެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އަބުދުﷲ ނަސީމް ވިދާޅުވީ " އިމިގިރޭޝަން އާއި ކަސްޓަމްގެ ޗެކިންތައް ހެދިއިރު ހުސެއިން އިބްރާހިމްގެ އަތުގައި ޕާސްޕޯޓް އޮތްކަމަށާއި ނަމަވެސް އޭގެފަހުން ބޯޓައްއެރުމަށް އެންމެ ފަހުގެ ޗެކިން ހަދަން ބެލިއިރު އޭނާގެ އަތުގައި ޕާސްޕޯޓް ނެތްކަން އިނގިފައިވާކަމަށެވެ."

މިގޮތައް މި މައްސަލަ ދިމާވުމުން ބޯޓް ނުފުރައި ދޮޅުގަޑިއިރެއްހާއި މަޑުކޮށްފައިވާކަމަށާއި ހުސެއިން އިބްރާހިމްއަށް ނުފުރޭކަން އިނގުނު ހިސާބުން އޭނާއަށް ހަވާލުވުމަށް މައްކާގައި ތިއްބެވި އެޖަމާއަތުގެ އިސްފަރާތްރަކަށާއި ދިވެހި ހައްޖު މިޝަންގެ ބޭފުޅުންނަށް ގުޅައި އެކަން އަންގާފައިވާނެ ކަމައްވެސް ސަފާ ހައްޖު އުމްރާ ގުރުއްޕުގެ އިސްވެރިޔާ އަބުދުﷲ ނަސީމް ވިވާޅުވިއެވެ.

މިއަހަރު އަހަރު ހައްޖުވުމަށް އެޖަމާއަތުގެ ފަރާތުން 124 މީހުން ގޮސްފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.