ރާއްޖޭގެ ޚަބަރު ފުލުހަކަށް ތޫނުއެއްޗަކުން ޙަމަލާދިން މީހަކު ޖޫރިމަނާކޮށް ޖަލައްލާން ޙުކުމްކޮށްފި

ފުލުހަކަށް ތޫނުއެއްޗަކުން ޙަމަލާދިން މީހަކު ޖޫރިމަނާކޮށް ޖަލައްލާން ޙުކުމްކޮށްފި

ފުލުހަކަށް ތޫނުއެއްޗަކުން ޙަމަލާދިން މީހަކު ޖޫރިމަނާކޮށް ޖަލައްލާން ޙުކުމްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ: ހަވީރު

ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔަމީހަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާ ޖޫރިމަނާކޮށް ޖަލައްލުމަށް ޙުކުމްކޮށްފިއެވެ.

މއ.ހިތްތަލަވިލާ، ޙުސައިން ނާޡިމް އަކީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންއައި މީހެއް ކަމަށާއި މާލެތެރެ ބަލަހައްޓަން އުޅުނު ފުލުހުންނަށް މީނާ ފެނިފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ޕޯސްޓް ބިލްޑިންގ ކައިރީގައި ހުއްޓައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ފުލުހުންނަށް ޙުސައިން ނާޡިމް ފެނިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުގެތެރޭގައި ފުލުހުންގެ ވެހިކަލްގެ ފަހަތަށްގޮސް ތިރިވުމަށްފަހު ފައިގަ ހަރުކޮށްފައި އިން އެއްޗެއްގެ ތެރެއިން ކަޓަރުތިލައެއް ނަގައި އެވަގުތު އޭނާ ހިފަހައްޓަން މަސައްކަތްކުރި ފުލުހަށް ހަމަލާދިންކަމަށް މަޢުލޫމާތުލިބެއެވެ. އަދި މި ހަމަލާގައި އެ ފުލުސް މީހާގެ ކަނާއަތު ކުޑަވާއިނގިލި ޒަޚަމްވެފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.

މިކުށުގައި ކްރިމިނަލް ކޯޓުން ވަނީ ޙުސައިން ނާޡިމް 8000 ރުފިޔާއިން ޖޫރިމަނާ ކޮށް އަދި 4 މަސްދުވަހަށް ޖަލަށްލާން ޙުކުމް ކޮށްފައެވެ. އަދި މިފައިސާ އެއްމަސްދުވަސް ތެރޭގައި ކޯޓަށް ދައްކައި ނިންމުމަށް ވެސް އަންގާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.