ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުޑަކުދިންގެ ޑޮކްޓަރެއް ނެތި 3 މަސްދުވަސް ވެއްޖެއެވެ.
ކުޅުދުއްފުށީ އޮންލައިނުން ހޮސްޕިޓަލުގެ މެނޭޖަރ އިބްރާހިމް ވަހީދުއާ ކުރި ސުވާލެއްގައި ވިދާޅުވީ ޑޮކްޓަރުން ހޯދުމަށާއި ޚިދުމަތްތައް ދިނުމުގައި އެ ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފައިސާގެ ދަތިކަން ކަމަށެވެ. އަދި ސްޕެޝަލިސްޓުން ލިބުމުގެ ދަތިތައްވެސް ކުރިމަތިވެފައިވާ ކަމަށާއި މިވަގުތުވެސް ކުޑަކުދިންގެ ޑޮކްޓަރާއި އޮޕްރޭޝަން ޑޮކްޓަރެއް ނެތްކަން ފާހަގަ ކުރެއްވިއެވެ.
“މިވަގުތަށް އެންމެ ބޮޑަށް ކުރިމަތި ވެފަވަނީ ފައިސާގެ ދަތިކަން. އިތުރު ދައްޗެއް ނެތް. ފައިސާ ލިބުނީމަ ހުރިހާ ކަމެއްވެސް ހައްލުވާނެ” މެނޭޖަރ ވަހީދު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ވައިރަލް ރޯގާ ފެތުރެމުންދާ މިދަނޑިވަޅުގައި ކުޑަކުދިންގެ ޑަކްޓަރެއް ނެތުމަކީ އާއްމުންގެ ޝަކުވާ ވަރަށް ބޮޑަށްް ލިބެނުމުންދާ ކަމެކެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަކީ އުތުރުގެ 3 އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...