ޤުރުއާނާއި ޙަދީޘްގެ ސިލްސިލާ ދަރުސްތަކެއް ގޮތަށް ގެންދިއުމަށް ހަމަޖެހިފައިވާ އައްޝައިޚް ޖައުފަރު ފާއިޒްގެ ޙަދީޘް ކްލާހެއް މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިއްޖެއެވެ.
ޙަދީޘް ކްލާސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެރޭ އިޝާ ނަމާދަށްފަހު ޝަހީދު ޢަލީ މިސްކިތުގައެވެ. އަދި ކްލާސްތައް ހަމަޖެހިފައިވަނީ ފިރިހެން ބޭފުޅުންނާއި އަންހެން ބޭކަނބަލުންނަށްވެސް ބައިވެރިވެވޭ ގޮތަށް ކަމަށް އެކަން އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަމަށްވާ އަލީ ޝިފާހު މަޢުލޫމާތު ދެއްވިއެވެ.
ކޮންމެ މަހަކުވެސް 2 ކްލާސް ގެންދާ ގޮތަށް ހަމަޖެހިފައި ވާތީ މިމަހުގެ 3 ވަނަ ދުވަހުގައި ވަނީ ޤުރުއާން ތަފްސީރުގެ ކްލާހެއް ބާއްވާފައެވެ. އަދި ކުރިޔަށް އޮތްތަނުގައި ކްލާސްތަށް އިތުރު ކުރާނެ ކަމަށާއި މިއައްވުރެ ފުރިހަމަކޮށް ކްލާސްތަށް ބޭއްވުމުގެ އިންތިޒާމް ކުރެވޭނެ ކަމަށް ޝިފާހު މަޢުލޫމާތު ދެއްވިއެވެ. އަދި އޭގެ އިތުރުން ރާއްޖެތެރޭގައިވެސް މިފަދަ ހަރަކާތްތައް ހިންގުމުގެ އިންތިޒާމްތައް ދަނީ ކުރެވެމުން ކަމަށާއި މި ޑިސެމްބަރު މަހުގައި ޖެނުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްލާސްތަކުގެ ދުވަހާއި ގަޑި އިޢުލާން ކުރެވޭނެ ކަމަށްވެސް މަޢްލޫމާތު ދެއްވިއެވެ.
މި ކްލާސްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެކަން އިންތިޒާމްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވެލައްވާ ޢަލީ ޝިފާހް (7755290) އަށް ގުޅުއްވާލެއްވުމަށް އެފަރާތުން އެދިލައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...