ރާއްޖޭގެ ޚަބަރު

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުޑަކުދިންގެ ހަވީރަކާއި ސުވާލު ޖަވާބު ޕްރޮގްރާމެއް ބާއްވާނީ

 

ބަނޫން ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މި މަހުގެ 15 ވާ ބުރާސްފަތި ދުވަހު ކުޑަކުދިންގެ ހަވީރަކާއި ހަމަ އެރޭ ސުވާލު ޖަވާބު ޕްރޮގްރާމެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން ހާމަކުރައްވާ ގޮތުގައި ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތައް އޮންނާނީ އެދުވަހުގެ ހަވީރު 4:00 އިން 5:30 ކަމަށާއި މި އިވެންޓުގައި ތުއްތުކުދިން ޝައުޤުވެރިކުރުވަނިވި ތަފާތު ހަރަކާތްތައް ފެނިގެންދާނެކަމަށެވެ. އެގޮތުން ކުޑަކުދިންތަކެއް ހުށަހަޅައިދޭ މަދަހައަކާއި، ޝެއިޚެއްގެ ނަޞީޙަތް ކޮޅަކާއި، އަދި ދޮންދޫނި ޕްރީސްކޫލްގެ ފަރާތުން ހުށަހަޅައިދޭ ކުޑަކުދިންގެ ޑްރާމާކޮޅެއްގެ އިތުރުން ކުޑަކުދިންނަށް ވާހަކަ ކިޔައިދިނުންވެސް ހިމެނޭނެ ކަމަށެވެ.
އަދި މީގެ އިތުރުން ކުޑަކުދިންގެ ހަވީރުގެ ތެރޭގައި އެކުދިންނަށް ހަދިޔާ ދިނުމާއި، އެކުދިންގެ ތެރެއިން ސްޓޭޖްގައި ވާހަކަ ދައްކާލަން ނުވަތަ ހަރަކާތެއް ދައްކާލުމަށް އެދޭ ކުދިންނަށް އެފުރުޞަޠުވެސް ލިބިގެންދާނެ ކަމަށާއި ވުމާއެކު ވީހާވެސްގިނަ ކުދިން ބައިވެރިކޮށްދިނުމަށް، ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އެކުދިންގެ ބެލެނިވެރިންގެ ކިބައިން ވަނީ އެދިވަޑައި ގެންފައެވެ.
އަދި ހަމަމިއާއެކު، 15 ނޮވެމްބަރ 2012 ވާ ބުރާސްފަތި ދުވަހުގެ ރޭ، ބޮޑެތި މީހުންނަށް ޚާއްޞަކޮށްގެން ބާއްވާ ސުވާލު ޖަވާބު ޕްރޮގްރާމް އޮންނާނީ ރޭގަނޑު 9:00 ން 11:00އަށް ކަމަށް ޖަމްޢިއްއިއްޔަތުއްސަލަފުން ހާމަކުރެއެވެ. ޕެނަލްގައި ބައިވެރިވެވަޑައި ގަންނަވާނީ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް އާއި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި، އައްޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު އިބްރާހީމް އާއި، އައްޝައިޚް ޙަސަން މޫސާ ފިކުރީ ގެ އިތުރުން އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް ކަމަށް ވެސް އެޖަމްޢިއްޔާއިން ހާމަކުރެއެވެ.

ސުވާލު ޖަވާބު ސެޝަންގައި ހުޅުވާލައިފައިވާ މައުޟޫޢަކީ "ޢަޤީދާއާއި ނަމާދު" މިއެވެ. އެގޮތުން ޢަޤީދާއާއި ގުޅުން ހުރި ސުވާލުތަކުގެ އިތުރުން ނަމާދާގުޅޭ ގޮތުން ސުވާލު ކުރުމުގެ ފުރުޞަތު ހާޒިރުވެ ތިއްބެވި އެންމެހާ ފަރާތްތަކަށް ލިބިގެންދާނެކަމަށް ޖަމްޢިއްއިއްޔަތުއްސަލަފުން ވިދާޅުވާއިރު ވީހާވެސް ގިނަ ފަރާތްތަކުން މި އިވެންޓުގައި ބައިވެރިވެލެއްވުމަކީ އެޖަމްޢިއްޔާގެ އެދުމެއް ކަމަށް އެޖަމިޢާއިން ހާމަކުރެއެވެ.
މި އިވެންޓުގެ މީޑިއާ ޕާޓްނަރަކީ ދިއިސްލާމް އެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ސުވާލަކީ ބޮޑެތިމީހުންގެ އިވެންޓް ކުރިޔަށް ދަނީކޮންތާކުތޯ؟ ހަމަ އާޓިފިސަލްގަތޯ؟؟؟؟؟؟؟؟؟؟

Your email address will not be published. Required fields are marked *