ޙައްދު ޤާއިމްކުރަންވީ ކީއްވެ ކަން އަނގާދިނުމުގެ ގޮތުން ”ޕީސް ފައުންޑޭޝަން“ގެ ފަރާތުން ބާއްވަން ހަމަޖެހިފައިވާ ދަރުސް ރޭޑިޔޯ އެޓޯލް އިން ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.
މާދަމާ ރޭ ވިލިމާލޭ ބޯޅަ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް އެއްވެސް ޓީވީއަކުން އަދި ލައިވް ކުރުމަށް ހަމަޖެހިފައި ނުވާކަމަށާއި ނަމަވެސް ދަރުސްގެ ރެކޯޑިންގ ވީޑިޔޯ ސީޑީގެ ގޮތުގައި ގަންނަން ލިބޭނެ ކަމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ދަރުސް އޮންނާނީ 2 ނޮވެމްބަރ 2012 ވާ ހުކުރު ދުވަހުގެ (މާދަމާ) ރޭ 08:45 ގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...