ރާއްޖޭގެ ޚަބަރު ޝެއިޚް ޖަޢުފަރު ފާއިޒްގެ ސިލްސިލާ ކްލާސްތަކެއް ފަށަނީ

ޝެއިޚް ޖަޢުފަރު ފާއިޒްގެ ސިލްސިލާ ކްލާސްތަކެއް ފަށަނީ

ޝެއިޚް ޖަޢުފަރު ފާއިޒްގެ ސިލްސިލާ ކްލާސްތަކެއް ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވިލިމާލޭ މަސްޖިދުލް އިޚްލާސްގައި އައްޝައިޚް ޖައުފަރު ފާއިޒު ދަރުސް ދެއްވަނީ | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާގު

ފަޟީލަތުއް ޝައިޚް ޖަޢުފަރު ފާއިޒް ނަގާދެއްވާ ޤުރުއާނާއި ޙަދީޘްގެ ސިލްސިލާ ދަރުސްތަކެއް ޝަހީދު ޢަލީ މިސްކިތުގައި ފަށާގޮތަށް ހަމަ ޖެހިއްޖެއެވެ.

ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ މި ކްލާސްތަކުގައި މި ހަފްތާ ނަގައިދެއްވާނީ ޤުރުއާން ތަފްސީރުކުރެއްވުން ކަމަށް އެކަން އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތުދެއެވެ. އަދި މިއަންނަ ހަފްތާގައި އޮންނާނީ ޙަދީޘް ޝަރަހަކިޔާދެއްވުން ކަމަށާއި، މިއުޞޫލުން ކޮންމެ މަހެއްގައިވެސް ޤުރުއާން ތަފްސީރުގެ 1 ކްލާސް އަދި ޙަދީޘް ޝަރަހައިގެ 1 ކުލާސް ނަގައިދެއްވާ ގޮތަށް ހަމަޖެހިފައިވާކަމަށް އެ ފަރާތުން މައުލޫމާތުދެއްވައެވެ.

މިކުލާސްތައް އޮންނާނީ ހޮނިހިރު ދުވަހުގެ ޢިޝާ ނަމާދަށް ފަހުގައެވެ. މިކްލާސްތަކުގައި 2 ޖިންސުގެ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށާއި، މިފުރުޞަތަކީ ހިލޭ ހުޅުވާލެވިފައިވާ ފުރުޞަތެއްކަންވެސް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ.

މި އޮކްޓޯބަރ މަހުގެ ކުލާސްތައް 20 އަދި 27 ގައި ބާއްވަން ހަމަ ޖެހިފައިވާއިރު، ނޮވެމްބަރ މަހުގެ ކްލާސްތަކާއި ޑިސެމްބަރ މަހާއި މިއަންނަ އަހަރުގެ ކުލާސްތައް އޮންނަ ތާރީޚްތައް ފަހުން އިއުލާން ކުރެވޭނެކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.

މި ކްލާސްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެކަން އިންތިޒާމްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވެލައްވާ ޢަލީ ޝިފާހް (7755290) އަށް ގުޅުއްވާލެއްވުމަށް އެފަރާތުން އެދިލައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.