ގއ. މާމެންދޫގައި މިސްކިތެއް ބިނާ ކުރަން ސަރުކާރުން ނިންމާ މިސްކިތުގައި ބިންގާ އަޅައިފިއެވެ.
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ރައީސް ޑރ މުޙައްމަދު ވަހީދު އެވެ. އިއްޔެ ހެނދުނު މާމެންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިމިސްކިތަކީ ސަރުކާރުގެ ޚަރަދުގައި އަޅުއްވައިދެއްވާ މިސްކިތެއް ކަމަށާއި އެމިސްކިތުގައި 700 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހުންނާކަމަށެވެ.
އިއްޔެ ހެނދުނު މާމެންދޫގައި ބޭއްވި ރަސްމިއްޔާތުގައި މިސްކިތުގެ ބިންގަލުގެ އިތުރުން އެރަށުގައި ފެން ޕްލާންޓްގެ އިމާރާތުގެ ބިންގަލާއި، ވޭސްޓް މެނެޖްމަންޓް ސެންޓަރުގެ ބިންގާ ރައީސް ޑރ ވަހީދު ވަނީ އަޅުއްވާދެއްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...