
1433 ގެ ރަމަޞާން މަހުގެ ހަނދު ސާބިތުކުރުމުގެ ރަސްމިއްޔާތު ތެރެއިން - ދިއިސްލާމް ފޮޓޯ: އަސްވާގު
"ޔޫއެންގެ ހިއުމަން ރައިޓްސް އަކީ އަޅުގަނޑުމެންގެ މައްޗަށް ބަސް ކިޔަން އޮތް ތަނެއްކަމަށް ޤަބޫލެއް ނުކުރާ ކަމުގައި އިސްލާމިކް މިނިސްޓާރ ޝެއިޚް މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޝަހީމް މިއަދު ވިދާޅުވީ "ޔޫއެންގެ ހިއުމަން ރައިޓްސް ކޮމިޝަން އަކީ އަޅުގަނޑުމެންގެ މައްޗަށް ބަސްކިޔަން އޮތް ތަނެއްކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެމީހުންނަށް ނޭނގޭނެ އަޅުގަނޑުމެންގެ ޤާނޫނުތައް ހުންނަންވީ ވަކި ގޮތެއް. ހައްދުތައް އުވާލާ، ޤިސާސް ހުކުމްތައް ޤާނޫނުގައި ނުހިމެނުމަށް ގޮވާލުމަށް ދިވެހިން އިންކާރު ކުރަންޖެހޭ. ޔޫއެން އިން މާ ރަނގަޅުވާނެ އިރާޤާއި އަފްޢާނިސްނާއި ފަލަސްތީން، ސީރިއާގެ ރައްޔިތުންގެ ހައްޤު ހޯދާ ދިނިއްޔާ.ފާޑު ފާޑު ރިޕޯޓް ނުނެރެ." ޝެއިޚް ޝަހީމްގެ ފޭސްބުކްގެ ސްޓޭޓަސް ގައި ލިޔެފައިވެއެވެ. ޝެއިޚް ޝަހީމްގެ ފޭސްބުކްގައި މީގެ އިތުރުން ލިޔެފައިވަނީ "ޤާނޫނުލް އުޤޫބާތުން މަރުގެ އަދަބު ނަގަން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގައި އެންމެ ލަފްޒެއްވެސް އިސްލާމީ ޝަރީއަތާއި ޚިލާފަށް ހެދިގެން ނުވާނެ."ކަމަށެވެ.
ޝެއިޚް ޝަހީމް މިފަދައިން ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު ނުދިނުމަށާއި ގާނޫނު ތަކުން މަރުގެ އަދަބު އުނި ކުރުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ގޮވާލައިފައިވަނިކޮންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...