ރާއްޖޭގެ ޚަބަރު "ޤިޞާޞް ހިފުމަށް މާތްﷲ ބާވައިލައްވަވާފައިވާ ޙުކުމް ފުޅަށް އެއްވެސް މުސްލިމަކު ދެކޮޅު ނުހަދާނެ." ޝެއިޚް އިމްރާން

"ޤިޞާޞް ހިފުމަށް މާތްﷲ ބާވައިލައްވަވާފައިވާ ޙުކުމް ފުޅަށް އެއްވެސް މުސްލިމަކު ދެކޮޅު ނުހަދާނެ." ޝެއިޚް އިމްރާން

"ޤިޞާޞް ހިފުމަށް މާތްﷲ ބާވައިލައްވަވާފައިވާ ޙުކުމް ފުޅަށް އެއްވެސް މުސްލިމަކު ދެކޮޅު ނުހަދާނެ." ޝެއިޚް އިމްރާން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝެއިޚް އިމްރާން | ދިއިސްލާމް ފޮޓޯ: އަފްރާހް

"ޤިޞާޞް ހިފުމަށް މާތްﷲ ބާވައިލައްވަވާފައިވާ ޙުކުމް ފުޅަށް އެއްވެސް މުސްލިމަކު ދެކޮޅު ނުހަދާނެ." ކަމަށް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝެއިޚް އިމްރާން ޢަބްދުﷲ މިފަދައިން ވިދާޅުވީ ދުވަހު ނޫސް 'މިއަދު' އަށް ދެއްވާފައިވާ ބަސްދީގަތުމެއްގައެވެ. ޝެއިޚް އިމްރާން ވިދާޅުވީ "ކަންކަން އޮތީ މިހެންކަމަށްވާއިރު ކީރިތި ޤްރުއާނުގައި ﷲ ބަޔާންކުރައްވާފައިވާ ޙުކުމްފުޅެއް، ޒަމާނީ ކުރަން ބުނުމަކީ ބުއްދި ސަލާމަތުން ހުރި މީހަކު ކުރާނެ ކަމެއް ނޫން. ކީރިތި ޤްރްއާން ބާވައިލެއްވުނީ އެންމެހައި ޒަމާންތަކަށް. ވީމާ ކީރިތި ޤްރުއާނަކު ޒަމާނީކުރަންޖެހޭ އެއްވެސް ކަމެއް ނެތް." ކަމަށެވެ. މީގެ އިތުރުން ޝެއިޚް ވިދާޅުވީ "ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ ޙުކުމްފުޅުތަކުގެ ހަޤީޤަތް އެއީ އިލާހީ މުޢުޖިޒާތް ކަމަށާއި އެމުއިޖިޒާތްތަކަށް ގޮންޖެހޭނެ ވަރުގެ ބާރެއް ނޯންނާނެ ކަމަށްވާއިރު، ޤިޞާޞް ހިފުމުގެ ޙުކުމް ޒަމާނީ ކުރަންޖެހޭ ކަމަށް އެމްޑީޕީން ޤަބޫލުކުރާކަމަށް ބުނެ އެޕާޓީގެ ބައިނަލްއަޤްވާމީތަރުޖަމާނު ހާމިދު އެދެއްކީ ބުއްދީގެ ހަމަތަކުން ބެލިނަމަވެސް ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއް" ކަމަށެވެ.

ޝައިޚް އިމްރާން މީގެ ކުރިންވެސް އެތައް ފަހަރަކު ވަނީ 'މަރަށް މަރު' ހިފުމަށް ތާއީދުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.