ރާއްޖޭގެ ޚަބަރު “ފުރާވަރު” މަދަހަ އަލްބަމް ވިކެމުންދަނީ...

“ފުރާވަރު” މަދަހަ އަލްބަމް ވިކެމުންދަނީ...

“ފުރާވަރު” މަދަހަ އަލްބަމް ވިކެމުންދަނީ...

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

“ފުރާވަރު” އޯޑިއޯ މަދަހަ އަލްބަމް މާލޭގެ ސީޑީ ވިއްކާ ފިހާރަތަކުން ވިއްކަމުންގެންދާކަމަށް ފުރާވަރު ޓީމުން ހާމަކޮށްފިއެވެ.

ފުރާވަރު އަލްބަމްގެ އޮފިޝަލަކު ދިއިސްލާމް ހާމަކުރިގޮތުގައި "ފުރާވަރު އަލްބަމްގެ ސީޑީ މާލޭގެ ހުރިހާ ސީޑީ ވިއްކާ ފިހާރަތަކުން ލިބެން ހުންނާނެ. އަދި މީގެ އިތުރުން ބައެއް ބުކްޝޮޕްތަކުންވެސް ލިބެން ހުންނާނެ." ކަމަށެވެ. އަދި މީގެ އިތުރުން އެފަރާތުން ހާމަކުރި ގޮތުގައި 'ފުރާވަރު މަދަހަ އަލްބަމްއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ"ކަމަށެވެ.

އަލްބަމެއްގެ އަގަކީ 100 ރުފިޔާ އެވެ. އަލްބަމްގައި ހިމެނެނީ ޖުމްލަ 7 މަދަހަ އެވެ.

“ފުރާވަރު” އަލްބަމްގެ ހުރިހާ މަދަހަތަކެއްގެ ޅެން އަދި ރާގު ހަދާފައިވަނީ އަޙްމަދު ރިފާޢުއެވެ. މަދަހަތައް ކިޔާފައިވަނީ ޢަލީ ރަމީޒް، މޫސާ ޝިފާޢު އަދި ޢަބްދުލް ޢަލީމްއެވެ. އަދި މިއަލްބަމްގައި ހިމެނޭނީ މުޅިންވެސް އަމިއްލަ ރާގެވެ.

މިއަލްބަމްގެ ޕްރޮޑިއުސަރ އަކީ ޢަހްމަދު ރިފާޢު އެވެ. އަލްބަމް ޕްރޮޑިއުސް ކޮށްފައި ވަނީ އިސްލާމިކް ރިދަމްގެ ފަރާތުންނެވެ. އިލައިކް އިން ސްޕޮންސާރކޮށްފައިވާއިރު ފުރާވަރު އަލްބަމްގެ އޮފިޝިއަލް މީޑިއާއަކީ ދިއިސްލާމް އެވެ. އަދި އޮފިޝިއަލް ބްރޯޑްކާސްޓަރ އަކީ ރޭޑިއޯ އެޓޯލް އެވެ.

ޝީ ބިލްޑިންގ ގައި ބޭއްވި ހަފްލާއެއްގައި “ފުރާވަރު” މަދަހަ އަލްބަމް ނެރެދިނީ މިއުޒިކާއި ލަވަކިއުމުގެ ދާއިރާގައި މަސައްކަތްކުރުން ހުއްޓާލާފައިވާ، ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ މުމްތާޒް މޫސާ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.