
ޚައިރާތު ފޮށިން ވައްކަން ކުރަން މަސައްކަތް ކުރި މީހާ ހައްޔަރުކުރަނީ | ދިއިސްލާމް ފޮޓޯ: އިސްމާޢިލް އަފްރާހް
އިސްލާމީ މަރުކަޒުގައި ބެހެއްޓިފައިވާ ޚައިރާތު ފޮށްޓަކުން ވައްކަން ކުރަން އުޅުމުން 2 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އިސްލާމީ މަރުކަޒު ނަމާދު ކުރާ ބައިގައި ބަހައްޓާފައިވާ ޚައިރާތު ފޮށިން ވައްކަން ކުރަން މަސައްކަތް ކޮށްފައިވަނި އެވަގުތު އެކަކު ހައްޔަރު ކޮށްފައިވީ ނަމަވެސް އިތުރު މީހަކު ފިލައިގެން އުޅެނިކޮން އޭނާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ކަށަވަރު ކޮށްދެއެވެ. އެހެންކަމުން މިމައްސަލާގައި ޖުމްލަ 2 މީހަކު ފުލުހުން ހައްޔަރު ކޮށް އެމައްސަލަ ބަލަމުންދާކަމަށް ފުލުހުން ހާމަކުރެއެވެ. ދިއިސްލާމް އަށްއެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަގައި ފުލުހުން ރޭ ހައްޔަރު ކުރީ ގ. މުލެޓް، އަލީ މުތައްހަރު އާއި ތ. ގުރައިދޫ، ތިބުރޯޒުގޭ، މުހައްމަދު ސަމާހު އެވެ.
އިއްޔެ ރޭ 10:50 ހާއިރު ފަންޑު ޕޮށީގެ ތަޅު ހަލާކުކޮށްލުމަށް މަސައްކަތް ކުރަމުން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ ފޮށީގެ ތަޅު ހަލާކުކޮށްލުމަށް އެމީހުން ބޭނުންކުރި އާލާތްތަކާއެކުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...