ރާއްޖޭގެ ޚަބަރު 'ފުރާވަރު' އަލްބަމް ލޯންޗް ކުރުމުގެ ޙަފްލާގައި ޚާއްސަ އަގެއްގައި އަލްބަމް ވިއްކަނީ

'ފުރާވަރު' އަލްބަމް ލޯންޗް ކުރުމުގެ ޙަފްލާގައި ޚާއްސަ އަގެއްގައި އަލްބަމް ވިއްކަނީ

'ފުރާވަރު' އަލްބަމް ލޯންޗް ކުރުމުގެ ޙަފްލާގައި ޚާއްސަ އަގެއްގައި އަލްބަމް ވިއްކަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

'ފުރާވަރު' އަލްބަމް ލޯންޗް ކުރުމުގެ ޙަފްލާގައި ހާއްސަ އަގެއްގައި އަލްބަމް ވިއްކާނެކަމަށް ފުރާވަރުގެ ޓީމް (އިސްލާމިކް ރިދަމް) އިން ހާމަކޮށްފިއެވެ.

ދިއިސްލާމްއަށް މަޢުލޫމާތު ދެމުން 'ފުރާވަރު' ޓީމުގެ އޮފިޝަލަކު ބުނީ 'ފުރާވަރު' އަލްބަމް އާންމުގޮތެއްގައި ވިއްކާނީ 100 ރުފިޔާއަށް ކަމަށާއި އެހެނަސް އެއިވެންޓްގައި  އެތަނުން 70 ރުފިޔާއަށް އަލްބަމް ލިބިވަޑައިގަންނަވާނެކަމަށެވެ. 29 ޖޫން އިން ފެށިގެން އާންމުކޮށް ސީޑީ ވިއްކާ ހުރިހާ ފިހާރައަކުން ލިބިވަޑައިގަންނަވާނެ 'ފުރާވަރު' އަލްބަމް މިހާ އަގު ހެޔޮކޮށް ލިބޭތީ އޭގެ ފައިދާ ވީހާވެސް ގިނަ ބަޔަކު ނެގުމަށް 'ފުރާވަރު' ޓީމުން އެދެ އެވެ.

ދިއިސްލާމްއަށް ޚަބަރު ލިބިފައިވާ ގޮތުގައި 'ފުރާވަރު' އަލްބަމް ނެރުމުގެ ގޮތުން ބާއްވާ ޙާއްސަ ޙަފްލާ އާއި އެކު ދަރުސް އެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި ދަރުސް ދެއްވާނީ ޝެއިޚް ޖައުފަރު ފާއިޒްއެވެ. މިހަރަކާތް އޮންނާނީ 29 ޖޫން ވާ ހުކުރު ދުވަހުގެ ރޭ 8.30 ގައި ޝީ ބިލްޑިންގގެ 3 ވަނަ ފްލޯރގައި ކަމަށާއި ދަރުސްގެ މައުޟޫއަކީ 'ފުރާވަރު' ކަމުގައި އިސްލާމިކް ރިދަމްގެ ޓީމުން ހާމަކުރެއެވެ. މިދަރުސްގެ ފަހުން 'ފުރާވަރު' އަލްބަމް ނެރުމަށް ވަނީ ހަމަޖެހިފައެވެ. އަލްބަމް ނެރެ ދެއްވާނީ ކުރިން ލަވަކިޔަމުން އައިސް ދާދިފަހުން ލަވަ ކިޔުން ހުއްޓާލާފައިވާ މުޅިން އާ މޫނެއް ކަމަށް ޚަބަރު ލިބެއެވެ.

“ފުރާވަރު” އަލްބަމްގެ ހުރިހާ މަދަހަތަކެއްގެ ޅެން އަދި ރާގު ހަދާފައިވަނީ އަޙްމަދު ރިފާޢުއެވެ. މަދަހަތައް ކިޔާފައިވަނީ ޢަލީ ރަމީޒް، މޫސާ ޝިފާޢު އަދި ޢަބްދުލް ޢަލީމްއެވެ. އަދި މިއަލްބަމްގައި ހިމެނޭނީ މުޅިންވެސް އަމިއްލަ ރާގެވެ.

އަހުމަދު ރިފާއު މީގެ ކުރިން ނެރުނު 3 މަދަހަ އަލްބަމަށްވެސް ވަނީ އާއްމުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ. އެއީ އަލް ޙައްޤު، ޔާރަށްބަނާ، ހުނވަދު އަލްބަމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.