ރާއްޖޭގެ ޚަބަރު "ފުރާވަރު" އަލްބަމް 29 ޖޫންގައި ނުކުންނަނީ

"ފުރާވަރު" އަލްބަމް 29 ޖޫންގައި ނުކުންނަނީ

"ފުރާވަރު" އަލްބަމް 29 ޖޫންގައި ނުކުންނަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިމަހުގެ 29 ވަނަ ދުވަހު ނުކުންނަ "ފުރާވަރު" މަދަހަ އަލްބަމްގެ ޕޯސްޓަރ

"ފުރާވަރު" އަލްބަމް 29 ޖޫންގައި ނެރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް ރިދަމް ޕްރޮޑަކްޝަނުން ހާމަކޮއްފިއެވެ.

“އިސްލާމިކް ރިދަމް”ގެ ފަރާތުން އަޙްމަދު ރިފާޢު އުފައްދާ “ފުރާވަރު” އޯޑިއޯ މަދަހަ އަލްބަމް މިމަހު 29 ގައި ނެރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީގެ ގޮތުގައި އަލްބަމް އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް ރިދަމްގެ ފަރާތުން އަޙްމަދު ރިފާޢު ވިދާޅުވިއެވެ. ރިފާޢު އިތުރަށް ވިދާޅުވި ގޮތުގައި އަލްބަމްގެ މަސައްކަތް މުޅިންހެން ނިމި އަލްބަމް ގެ އިޝްތިހާރު ކުރުން ޓީވީތަކުންނާއި ރޭޑިއޯއިންނާއި އޮންލައިން ނޫސްތައް މެދުވެރިކޮށް މާލަސްތަކެއްނުވެ ފަށާނެކަމަށެވެ. އަދި އަލްބަމްގެ ބެނާތައް މިއަދުން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުން ފެނިގެން ދާނެކަމަށްވެސް ރިފާޢު ވިދާޅުވިއެވެ.

ފުރާވަރު” އަލްބަމްގެ ހުރިހާ މަދަހަތަކެއްގެ ޅެން އަދި ރާގު ހަދާފައިވަނީ އަޙްމަދު ރިފާޢުއެވެ. މަދަހަތައް ކިޔާފައިވަނީ ޢަލީ ރަމީޒް، މޫސާ ޝިފާޢު އަދި ޢަބްދުލް ޢަލީމްއެވެ.

އަލްބަމްގައި މުޅިން އާ 7 މަދަހަ ހިމެނޭނެގޮތައް 'ފުރާވަރު' އަލްބަމް ވުޖޫދަށް އައުމަށް ތައްޔާރުވެފައިވާއިރު ގިނަ ބަޔަކު ދަނީ މިއަލްބަމްއަށް އިންތިޒާރުކުރަމުންނެވެ. އަޙްމަދު ރިފާޢު މީގެ ކުރިން އުފެއްދި “ޔާރައްބަނާ” އޯޑިއޯ މަދަހަ އަލްބަމް އަދި “ހުވަނދު” ވީޑިއޯ މަދަހަ އަލްބަމަށް ގިނަ ބައެއްގެ ތަރުހީބުވަނީ ލިބިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.