ދިރާގު ޕްރިޕެއިޑް އިން މިސްކިތް ފަންޑަށް ފައިސާ ޖަމާކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ދިއިސްލާމްއަށް މައުލޫމާތު ދީފައިވަނީ އިއްޔެއިން ފެށިގެން ޕްރިޕެއިޑް މެދުވެރިކޮށް 10، 50 އަދި 100 ގެ މަގުން މިސްކިތް ފަންޑަށް ފައިސާ ޖަމާ ކުރެވޭނެކަމަށާއި މިހާރުވެސް ގިނަ ބަޔަކު އެގޮތަށް ފައިސާ ފޮނުވަމުންދާކަމަށެވެ. މިނިސްޓްރީއިން ހާމަކޮށްފައިވަނީ މޯބައިލް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭނީ ހަމައެކަނި ދިރާގު ކަސްޓަމަރުންގެ ތެރެއިން ޕްރިޕެއިޑް ބޭނުންކުރާ ފަރާތްތަކަށް އެކަނިކަމަ ށެވެ.
ޕްރިޕެއިޑް މެދުވެރިކޮށްފައިސާ ޖަމާކުރާނެ ގޮތަކީ:
MF (space) 10 to 244
MF (space) 50 to 244
MF (space) 100 to 244

ކޮމެންޓް (0)
ލޯޑް ކުރަމުން...