މޫނު ބުރުގާ މަނާކުރާގޮތަށް އިސްލާހެއް ހިމަނާފައިވާ މައްސަލާގައި އެކަމަށް ބަދަލެއް ނުގެނެސްފިނަމަ މަދަނީ އިއްތިހާދުން މަގުމައްޗަށް ނުކުންނާނެ ކަމުގެ އިންޒާރު ދީފިއެވެ.
މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ މޫނު ބުރުގާ މަނާކުރުން މަނާކުރާގޮތަށް ތައުލީމީ ބިލުގައި އިސްލާހެއް ހިމަނާފައިވާ މައްސަލަ ރައީސް މުހައްމަދު ވަހީދުގެ ސަމާލުކަމަށް މިހާރު ވަނީ ގެންނަވައިފައިވާނެކަމަށާއި އޭގެ އިތުރުން އެ މައްސަލާގައި އެޑިއުކޭޝަނާ ވެސް މަޝްވަރާކުރަމުން އަންނަ ކަމަށާއި އެކަމަށް ބަދަލެއް ނުގެނެސްފިނަމަ މަދަނީ އިއްތިހާދުން މަގުމައްޗަށް ނުކުންނާނެކަމަށެވެ. އަބްދުﷲ މުހައްމަދު މިހެން ވިދާޅުވީ ދާދިފަހުން މީޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައެވެ. އަބްދުﷲ އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެންނަކީ ވަކި ސަރުކާރެއްވީމަ ދީނީ ގޮތުން އަންނަ ގޮންޖެހުންތައް ދޫކޮށްލާނެ ބައެއް ނޫން. ކޮންމެ ސަރުކާރެއް ނަމަވެސް ދީނާ ދެކޮޅަށް ކުރިމަތިކުރުވާ ޖަރީމާތަކާ ދެކޮޅަށް ނުކުންނާނަން،"ކަމަށެވެ. އަދި "އެ އިސްލާހަކީ މޫނު ބުރުގާ އަޅައިގެން ސްކޫލްތަކަށް ވަނުން މަނާކުރުމަށް އޮތް ނުސީދާ އިސްލާހެއް ކަމަށް ގަބޫލުކުރެވެނީ. މިސާލަކަށް ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ޣިޔާސުއްދީން ބެލެނިވެރިންނަށް ކާޑެއް ދޫކޮށްފައި އޮވޭ، އެފަދަ ނިޒާމެއް ގާއިމްކުރެވިދާނެ. ކޮންމެހެން އަޅާ ހެދުމުގެ ނިޒާމް ބަދަލުކޮށް، ހެދުމާ ބެހުމުގެ މާނައެއް ނެތް،"ކަމަށެވެ.
މޫނު ބުރުގާ މަނާކުރާގޮތަށް އިސްލާހެއް ހިމަނާފައިވާ މައްސަލާގައި އާންމުންގެ ނުރުހުން މިސަރުކާރަށް ވަނީ ލިބެން ފަށާފައެވެ. ގިނަ ބަޔަކު މިކަމަށް ހިތްހަމަނުޖެހި ޝަކުވާކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވެސް ވަނީ މީޑިއާތަކުގައި ވިދާޅުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...