ސުވާލާއި ޖަވާބު ރުޤްޔާ ކިޔަވާފައި ހުންނަ ފެން، ޙައިޟު، ނިފާސް އަދި ޖުނުބުވެރިޔާ ބޭނުން ކުރުން!

ރުޤްޔާ ކިޔަވާފައި ހުންނަ ފެން، ޙައިޟު، ނިފާސް އަދި ޖުނުބުވެރިޔާ ބޭނުން ކުރުން!

ރުޤްޔާ ކިޔަވާފައި ހުންނަ ފެން، ޙައިޟު، ނިފާސް އަދި ޖުނުބުވެރިޔާ ބޭނުން ކުރުން!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުވާލު: ޙައިޟުވެރިޔާ އާއި، ޖުނުބުވެރިޔާ އަދި ނިފާސްވެރިޔާ ހިނައި ނުގަނެ ރުޤްޔާ ކިޔަވާފައިވާ ފެން (ހުއްދަ ފަންޑިތަ ހެދިފައިވާ ފެން) ބުއިމާއި އެފެން ގައިގަ އުނގުޅުމާއި އެފެނުން ފެންވެރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

ޖަވާބު: ޖުނުބުވެރިވެފައިވާ ބަލިމީހާ ބޮޑަށް ރަނގަޅީ ރުޤްޔާއިން ފަރުވާ ލިބިގަތުމަށްޓަކައި ހިނައި ޠާހިރުވުމެވެ. އެއީ އެރުޤްޔާގެ ފައިދާ ބޮޑަށް ލިބިގަތުމަށްޓަކައެވެ. އެއީ އެފެން ބުއިކަމުގައި ވީނަމަވެސް މެއެވެ. އަދި އެފެނުން ގައިގަ އުނގުޅާ އަދި ފެންވެރިކަމުގައިވީނަމަވެސް މެއެވެ.
ޙައިޟުވެރި އަންހެނާއާއި ނިފާސްވެރި އަންހެނާއަށް ރުޤްޔާކޮށްފައިވާ ފެން ބޭނުން ކުރުމުގައި މައްސަލައެއް ނެތެވެ. އެއީ އެދެޙާލަތުގައި ރުޤްޔާނުކޮށްފިނަމަ ލިބޭ ގެއްލުން ބޮޑުވެދާނެތީއެވެ.

_________________________________
- ބައްލަވާ: عبد الله جبرين : الكنز الثمين ص 194 –
- ބައްލަވާ: الفتاوى الذهبية في الرقى الشرعية -

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.