ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އެއްވަނަ އިނާމަކަށް ހެއާ ކެއާއިން 1 ލައްކަ 20 ހާސް ރުފިޔާ ހުށައަޅައިފިއެވެ.
ވިޔަފާރި ކުންފުންޏަކުން ފުރަތަމަ ފަހަރަށް މިފަދަ ގޮތަކަށް ސްޕޮންސާރ ކޮށްފައިވާ މިމުބާރާތް އިއްޔެ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމްގައި ވަނީ ފަށާފައެވެ. މީގެ އިތުރުން މިމުބާރާތުގެ ބައިވެރިންގެ ތެރެއިން ވަނަ ވަނައަށްދާ ފަރާތްތަކަށް 10،000ރ. ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ވެއެވެ.
ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ގުރުއާން މުބާރާތުން ވަނަތައް ހޯދި ބައިވެރިންގެ މެދުގައި ފެށި މުބާރާތުގައި ރާއްޖޭގެ ހުރިހާ ސްކޫލަކުން 83 ދަރިވަރުނާއި ގުރުއާން ކުލާސްތަކުން 112 ގާރީން ބައިވެރިވެފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...