ރާއްޖޭގެ ޚަބަރު "ސިފައިންނާއި ފުލުހުންގެ ދަރިންނަށް ޤުރުއާން ކިޔަވައި ނުދޭނެ"ކަމަށް ބުނެ އޭސީޕީ ހަބީބުގެ ދަރިފުޅަށް ޤުރުއާން ކިޔަވައިދޭން އިންކާރުކޮށްފި

"ސިފައިންނާއި ފުލުހުންގެ ދަރިންނަށް ޤުރުއާން ކިޔަވައި ނުދޭނެ"ކަމަށް ބުނެ އޭސީޕީ ހަބީބުގެ ދަރިފުޅަށް ޤުރުއާން ކިޔަވައިދޭން އިންކާރުކޮށްފި

"ސިފައިންނާއި ފުލުހުންގެ ދަރިންނަށް ޤުރުއާން ކިޔަވައި ނުދޭނެ"ކަމަށް ބުނެ އޭސީޕީ ހަބީބުގެ ދަރިފުޅަށް ޤުރުއާން ކިޔަވައިދޭން އިންކާރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ސިފައިންނާއި ފުލުހުންގެ ދަރިންނަށް ޤުރުއާން ކިޔަވައި ނުދޭނެ"ކަމަށް ބުނެ އޭސީޕީ ހަބީބުގެ ދަރިފުޅަށް ޤުރުއާން ކިޔަވައިދޭން އިންކާރުކޮށްފިއެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ހަސަން ހަބީބުގެ 10 އަހަރުގެ އަންހެން ދަރިފުޅަށް 'މއ ފޮރަސްޓް'އަށް ފޮނުވަމުން އަންނަތާ 4 އަހަރު ވެފައިވަނިކޮން އިއްޔެ ހެނދުނު ދަރިފުޅު ބަލާ ދިއުމުން އެކުއްޖާއަށް ޤުރުއާން ކިޔައިދޭ ޤުރުއާން ޓީޗަރު ނައީމާ ބުނެފައިވަނީ ފުލުހުންނާއި ސިފައިންނަކީ ވަކި ބަޔަކަށް ޚިދުމަތްކުރާ ބައެއް ކަމަށާއި އެމީހުންގެ ދަރިންނަށް ގުރުއާން ކިޔަވައި ނުދޭނެކަމަށެވެ.
ދިއިސްލާމްއަށް މަޢުލޫމާތު ދެއްވަމުން އޭސީޕީ ހަސަން ހަބީބު ވިދާޅުވީ "ޤުރުއާން ޓީޗަރު ބުނެފައިވަނީ ތިމަންނާއަކީ އިއްތިހާދުގެ މީހެއް ނޫން ކަމަށާއި ފުލުހުންނާ ސިފައިންނަކީ ވަކި ބަޔަކަށް ހިދުމަތްކުރާ ބައެއް ކަމަށާއި އެމީހުންގެ ދަރިންނަށް ގުރުއާން ކިޔަވައި ނުދޭނެ."ކަމަށެވެ. އަދި އޭސީޕީ ހަބީބު ވިދާޅުވީ "އެވާހަކަތައް ދަރިފުޅު ބަލާ އަންހެނުން ދިޔުމުން މިވާހަކަތައް ދެއްކީ އެހެން ކުދިންނާއި ދަރިފުޅުގެ ކުރިމަތީގައި." ކަމަށެވެ. އިއްޔެ ހިނގި މިހާދިސާ އާއި ބެހޭގޮތުން ދިއިސްލާމް އަށް އޭސީޕީ ހަބީބު އިތުރަށް ވިދާޅުވީ "އަޅުގަނޑަށް ފަހުން ޚަބަރު ލިބިފައިވާގޮތުގައި އެޓީޗަރު އެހެން ކުދިންނާއި ސިޔާސީ ވާހަކަ ދައްކާ."ކަމަށެވެ. އަދި "މިކަހަލަ ކަމެއްގެ އިޝާރާތެއް މީގެ ކުރިން ވެފައި ނެތް ނަމަވެސް ފަހުން ދަރިފުޅާއި ސުވާލުކުރުމުން ދަރިފުޅަށް ކިޔަވައިނުދޭތާ ދުވަސްތަކެއް ވެފައިވާކަން އެނގިފައިވާ." ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައިސްފައިވާ ބަދަލުގެ ސަބަބުން ތަޢުލީމީ ދާއިރާތަކުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުގެ ޢަމަލު ހުންނަ ގޮތައް ގިނަ ބައެއްގެ ނުރުހުން ދަނީ އަމާޒުވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.