ރާއްޖޭގެ ޚަބަރު "ފިތުނަވެރިކަމެއްގެ ކިބައިން ސަލާމަތް ވުމަށް އޮތް ހަމައެކަނި ޙައްލަކީ އިސްލާމީ ޝަރީއަތުގެ އަސްލުގައި ހިފުން" - ޝެއިޚް މުހައްމަދު މޫސާ

"ފިތުނަވެރިކަމެއްގެ ކިބައިން ސަލާމަތް ވުމަށް އޮތް ހަމައެކަނި ޙައްލަކީ އިސްލާމީ ޝަރީއަތުގެ އަސްލުގައި ހިފުން" - ޝެއިޚް މުހައްމަދު މޫސާ

"ފިތުނަވެރިކަމެއްގެ ކިބައިން ސަލާމަތް ވުމަށް އޮތް ހަމައެކަނި ޙައްލަކީ އިސްލާމީ ޝަރީއަތުގެ އަސްލުގައި ހިފުން" - ޝެއިޚް މުހައްމަދު މޫސާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝެއިޚް މުހައްމަދު މޫސާ ވިލިގިލީގައި ދަރުސް ދެއްވަނީ. ދިއިސްލާމް ފޮޓޯ: އިބްރާހިމް ރަމީޒު

"ފިތުނަވެރިކަމެއްގެ ކިބައިން ސަލާމަތް ވުމަށް އޮތް ހަމައެކަނި ޙައްލަކީ އިސްލާމީ ޝަރީއަތުގެ އަސްލުގައި ހިފުން" ކަމުގައި ޝެއިޚް މުހައްމަދު މޫސާ ވިދާޅުވެއްޖެއެވެ.

"ޔާ އުއްމަތީ...ޔާ އުއްމަތީ" މި މައުޟޫއަށް ޕީސް ފައުންޑޭޝަން އިން ރޭ ވިލިގިލީ ބޯޅަދަނޑުގައި ބޭވި ދަރުސް ގައި ޝެއިޚް މުޙައްމަދު މޫސާ ވިދާޅުވީ "އަޅުގަނޑުމެންގެ އުންމަތަށް މިވަނީ ބޮޑުވެގެންވާ ފިތުނަ ވެރިކަމެއް ކުރިމަތިވެފަ. މިކަމުގެ ސަބަބަކީ އަޅުގަނޑުމެން ބައިބައި ވެފައި ވާތީ، ދުނިޔޭގެ މުދަލާއި ދުނިޔޭގެ އުފަލަށްހެއްލިގެން ދިއުމުގެ ނަތީޖާ އަޅުގަނޑުމެން މިއަދު ދެކެމުން މިދަނީ، ވީމާ، މިފަދަ ފިތުނަވެރިކަމެއްގެ ކިބައިން ސަލާމަތް ވުމަށް އޮތް ހަމައެކަނި ޙައްލަކީ އިސްލާމީ ޝަރީއަތުގެ އަސްލުގައި ހިފުން"ކަމަށާއި "މިއަދު އިސްލާމީ މުޖްތަމަޢުވެސް ބަލިކަށިވެ ބައިބައިވެފައިވަނީ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭ އެކުވެރިކަމުގެ ގުޅުން ކެނޑުމުގެ ސަބަބުން." ކަމަށް ޝެއިޚް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ޝެއިޚް މުހައްމަދު މޫސާ ވިދާޅުވީ "ފުރަތަމަވެސް ކުރަން ޖެހޭނެ ކަމަކީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ހެޔޮކަންކަމަށް އަމުރުކޮށް، ނުބައިކަންކަމުން ދުރުހެލި ވުމަށް. އޭގެ ފަހުގައި މުޖްތަމަޢުގައި ހިނގާ މުންކަރާތްތައް އެމީހަކަށް ކުޅަދާނަ ވީވަރަކުން މަނާކުރަން މަސައްކަތް ކުރަން ޖެހޭނެ. އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި، އުޚްތުން ތައް ކަތިވެގެން ދާއިރު އެއްވެސް ބިރުވެތި ވުމެއް ނެތި އަޅުގަނޑުމެން ތިބެން ހެޔޮ ނުވާނެ."ކަމަށެވެ.

ދެ ޖިންސުގެ ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވި މިދަރުސް ފެށުމުގެ ކުރިން ޕީސް ފައުންޑޭޝަން އާއި ބެހޭ ވީޑިއޯއެއް ދެއްކުން އޮތެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.