ރާއްޖޭގެ ޚަބަރު ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 'އެމްވިޔޫތް ފޯރަމް'އިން ފަންޑެއް ހުޅުވައިފި

ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 'އެމްވިޔޫތް ފޯރަމް'އިން ފަންޑެއް ހުޅުވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 'އެމްވިޔޫތް ފޯރަމް'އިން ފަންޑެއް ހުޅުވައިފިއެވެ.

ރާއްޖޭގައި މަޝްހޫރު ފޯރަމެއްކަމުގައިވާ 'އެމްވީޔޫތް'އިން ޕާކިސްތާނުގައި ފެންބޮޑުވެ ހާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ހުޅުވި ފަންޑަށް އެހީ ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް އެފޯރަމްގެ ފަރާތުން ވަނީ ވިދާޅުވެފައެވެ. އެމްވީޔޫތް ފޯރަމްގެ ފަރާތުން މުޝް ހާމަކުރެއްވިގޮތުގައި، "މިމުހިންމު މަސައްކަތުގައި ފޯރަމުން ރާއްޖޭގެ އެކި ހިސާބުން ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާވަނީ މާލޭން ކޮންމެތަނަކުންވެސް ފައިސާ ކަލެކްޓް ކޮށްދިނުމަށް ގުޅާލުމުން ދާނަން. އަދި ރަމަޟާން މަސް ނިމި ޝައްވާލުމަހާއި ހަމައަށް މިފަންޑަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ. ކުޅުދުއްފުއްޓާއި އައްޑޫގައި ފައިސާ ހޯދުމުގެ ހާއްސަ ޕްރޮގްރާމެއް ވަނީ ފަށާފައި. އެހީ ހޯދުމަށް މާލެން ގުޅާނީ 7699657 އަށް.' ދިއިސްލާމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

ދިއިސްލާމްއަށް ހަބަރު ލިބިފައިވާ ގޮތުގައި މިފޯރަމްއިން ދީފައިވާ ނަންބަރު 7730243 އަށް ޓްރާންސްފާރ އެއް ނުވަތަ ރީލޯޑްއެއް ކޮށްގެންވެސް އެހީގެ ފަންޑަށް ފައިސާ ހަދިޔާ ކުރެވެއެވެ. ފަންޑަށް ލިބޭ ފައިސާ ތަކުގެ ތަފްސީލް ކޮންމެ ދުވަހަކުވެސް ފޯރަމްގައި އާންމު ކުރެވޭނެ ކަމަށާއި ފަންޑު ނިމުމުން ހަބީބު ބޭންކްގައިވާ އެހީ ޕާކިސްތާނުގެ ރާއްޖެ އެމްބަސީއަށް ހަވާލުކުރެވޭނެކަމަށެވެ.

މިފަދަ ފަންޑެއް އިންޓަނެޓް ފޯރަމަކުން ފަށާފައިވާތީ މިކަމުގައި ކިހާ އިތުބާރެއް އޮތްތޯ ދިއިސްލާމްއިން ސުވާލުކުރުމުން 'ޔޫތު ފޯރަމް'އިން ވިދާޅުވީ، 'ފަންޑު އޭގެ ހައްޤުވެރިންނާއި ހިސާބަށް ދާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށާއި އެންމެ ފައިސާއެއްވެސް މީގެން ބޭނުން ނުކުރާނެ' ކަމަށެވެ.

ޕާކިސްތާނުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ފަންޑުތައް ވެބްސައިޓަކުން ފެށި މިއީ ފުރަތަމަ ފަހަރެވެ. މިފަދައިން އެހެން ފަރާތްތަކުންވެސް ފަންޑު ހޯދުމުގެ މަސައްކަތްކޮށް އޭގެ ހައްގުވެރިންނަށް އަމާނާތްތެރިކަމާއި އެކު ފޯރުކޮށްދިނުމަކީ މުހިންމުކަމެކެވެ. ޕާކިސްތާނުގެ އަޚުންނާއި އުޚުތުންނަށް އެހީވުމުގެ ގޮތުން ޕާކިސްތާން އެމްބަސީއިން ވަނީ އެކަމަށް ހާއްސަ އެކައުންޓެއް ހަބީބު ބޭންކުގައި ހުޅުވާފައެވެ. އަދާލަތު ޕާޓީއިންވެސް ވަނީ ޕާކިސްތާނަށް އެހީވުމަށް ފަންޑު ފޮއްޓެއް ބަހައްޓާފައެވެ. އެފޮއްޓަށް މިހާރު 40 ހާހަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އަދި މަދަނީ އިއްތިހާދުންވެސް ޕާކިސްތާނަށް އެހީވުމަށް ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

އޮރިޖިނަލް ފޯސްޓަށް ޒިޔާރަތްކުރައްވާ!

ޓެގް

އެހީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.